ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ހިންގުން ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

އިންޑިއާ ހައިކޮމިޝަން މިހާރު ހުންނަނީ ހުޅުމާލެ އިންޑޯ ސުވިމިން ޕޫލް ކުރިމައްޗަށް އޮންނަ ގޯޅީގައި ހުރި އިމާރާތެއްގަ އެވެ.

އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހި ތަނުގެ ޚިދުމަތްތައް ދެން ލިބޭނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތުން ކަމަށެވެ.

މިހާތަނަށް އިންޑިއާ ހައިކޮމިޝަން ހިންގަމުން އައީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ.

އިންޑިއާ ހައިކޮމިޝަން އާ އިމާރާތަކަށް ބަދަލުކުރީ އަތިރީއާގޭގެ އިމާރާތް ބާވެފައިވުމުންނާއި އެތަނުގެ ޖާގައިގެ ދަތިކަން ހުރުމުން ޚިދުމަތްދޭން ދަތިވާތީ އެވެ.

ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ސަރުކާރުން ވަނީ ބިން ހަމަޖައްސައިދީފަ އެވެ. އެ ހައިކޮމިޝަނަށް ވެސް ވަނީ އެތަނުން ބިމެއް ދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

ސެޕްޓެމްބަރު 4، 2019 ގައި ވަނީ އިންޑިއާ ހައިކޮމިޝަނުގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ.