ބަށްޓަކީ އާންމުކޮށް ރާއްޖޭގައި ވަރަށް ގިނައިން ހައްދާ ބާވަތެއްގެ ތަރުކާރީ އެކެވެ. ބަށި ރިހައިން ފެށިގެން ގޮސް ހިކިކޮށް ހަދާފައި ހުންނަ ބަށްޓަށް ދާންދެން ބައްޓަކީ ދިވެހިންގެ ކެއުންތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ.
ބަށްޓަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތައްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އިންފެކްޝަނާއި ފާރުވެފައި ހުންނަ ތަންތަނަށް ވެސް ރަނގަޅު އެއްޗެއް ކަމަށް ބެލެވެ އެވެ.
ގުދުރަތީ ލެކްސޭޓޭއް
ބަށްޓަކީ ފެނުގެ އިތުރުން ފައިބާވެސް ހިމެނޭ އެއްޗެކެވެ. އެގޮތުން ބަނޑު ހަރުވުމުން ދުރުކޮށް ހަޖަމުގެ ނިޒާމުގެ ސިއްހީ ދުޅަހެޔޮކަން ލިއްބައިދެ އެވެ.
ހިތުގެ ބަލިތަކަށް ރަނގަޅު ފަރުވާއެއް
ބަށީގައި ހުންނަ މާއްދާއެއް ކަމަށްވާ އެންތޯޗަޔާނިންސް އަކީ ހަށިގަނޑުގައި ހުންނަ ނުބައި ސަރުބީތައް ދުއްވާލައި ހެޔޮ ސަރުބީ ބެހެއްޓުމަށް ކާން ރަނގަޅު އެއްޗެކެވެ.
ބަރުދަން ލުއި ކުރުމަށް އެހީވެދޭ
ބަށްޓަކީ ކާބޯހައިޑްރޭޓާއި ކެލޮރީ މަދުން ހުންނަ ތަރުކާރީ އެކެވެ. އެހެން ކަމުން ބަށި ވެފައިވަނީ ބަރުދަން ލުއި ކުރުމަށް މަސައްކަތްކުރާ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗަކަށެވެ. މީގެ އިތުރުން ބަށްޓަކީ ހަށިގަނޑުގެ ހެމަގްލޯބިން ލެވެލް ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ.
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
ރޮބާޓީ ކާލޯސް އިސްލާމިވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި