ހުޅުމާލޭގެ އަތިރިމަތިން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެނިފައިވާތީ ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި އެވެ.
"ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެއް ހުޅުމާލޭ އަތިރިމަތިން ދަނީ ފެންނަމުންނެވެ. އެ ބާވަތުގެ ޖެލީ ފިޝްއަކީ އެހާ ވިހަގަދަ އެއްޗެއް ނޫނެވެ. ނަމަވެސް އޭގެ ގައިގައި ޖެހިއްޖެ ނަަމަ، އެތަނެއް ވަރަށް ބޮޑަށް ކަހާ ރަތްވުމުގެ އިތުރުން އެ ހިސާބެއްގައި ވަރަށް ބޮޑަށް ރިއްސައެވެ.
ހުޅުމާލޭގެ ފޭސް އެކެއްގެ ގޮނޑު ދޮށުން ވެސް މި ބާވަތުގެ ޖެލީ ފިޝް ފެނެ އެވެ. އެންމެ ގިނައިން ފެންނަނީ ފޭސް ދޭއްގެ ގޮނޑު ދޮށުންނެވެ.
އެހެންކަމުން މޫދަށް ގޮސް އުޅޭ މީހުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ހުޅުމާލޭ މޫދުން ޖެލީ ފިޝްތަކެއް ފެނުނެވެ. އެފަހަރު ފެނުނީ ބްލޫ ބަޓަން ކިޔާ ޖެލީ ފިޝް އެވެ.
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
އެއްބަސްވުމާ ހިލާފުވެ، އިޒްރޭލުން ލުބްނާނަށް ހަމަލަދޭން ފަށައިފި
ހޮރްމޫޒުން ދަތުރުކުރާ ރަޝިއާ ބޯޓުތަކުން ވެސް ފީ ނުނަގާނެ
