އޯކިޑު މަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ ބުނީ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:48 ހާއިރު ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް ފަރުވާދިނުމަށް މިހާރު އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގި ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން ފިޔަވައި ދެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައިވާ ގޮތުން، މީޑިއާނެޓުގެ އޮފީހަށް ވަދެ ހިންގި މާރާމާރީގައި ޒަހަމްވި އެ އޮފީހުގެ ފިރިހެން މުވައްޒަފަކު އެމްބިއުލާންސަށް އަރުވާ މަންޒަރު ފެނެއެވެ. އެ ސަރަހައްދުގައި އާންމުންގެ އިތުރުން، ފުލުހުން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.
ނޭޕާލާއި ޓިބެޓްގެ ފެންބޮޑުވުމުގައި 1،300 މީހުން ގެއްލިއްޖެ
"އާވާރާޕަން 2"އާއެކު އިމްރާން ވެސް 100 ކްރޯޑް ކްލަބަށް!
އުރަމަތީގެ ސިއްހަތަށް އަންހެނުން ގެންގުޅެންޖެހޭ 5 އާދައެއް!