ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދިޔަ އާ ފިލްމު "އަވާރަޕަން 2" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި ތާރީހީ ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމެކެވެ.
ރިލީޒް ކުރިތާ ފަސް ދުވަސް ތެރޭގައި މި ފިލްމު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްގެ ފައިދާއެއް ހޯދައި، ޝަރަފުވެރި 100 ކްރޯޑް ކުލަބަށް ވަދެފަ އެވެ.
މިއީ އިމްރާން ހާޝްމީގެ 18 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި، އޭނާ އެކަނި ލީޑްރޯލް ކުޅެގެން ސޯލޯ ފިލްމަކުން 100 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފަހަރެވެ.
2007 ވަނަ އަހަރު ނުކުތް ކަލްޓް ކްލާސިކް ފިލްމު "އަވާރަޕަން"ގެ ސީކުއެލްއެއްގެ ގޮތުގައި ގެނެސްދިން މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ފިލްމަށް 144 ކްރޯޑަށްވުރެ ގިނަ ރުޕީސް ލިބިފައިވެ އެވެ.
ރިލީޒްކުރި ދުވަހުން ފެށިގެން ބޮކްސް އޮފީހުގައި ރެކޯޑުތައް މުގުރަމުންދާ މި ފިލްމުގެ ސަބަބުން، އިމްރާން ހާޝްމީގެ ފިލްމީ ކެރިއަރަށް އައު ދިރުމެއް ލިބިފައިވާކަމަށް ފިލްމީ މާހިރުން ފާހަގަކުރެ އެވެ.
ބޮލީވުޑްގެ ބައެއް ބޮޑެތި ބަޖެޓުގެ ފިލްމުތަކަށްވުރެ މާ ރަނގަޅު ކާމިޔާބީއެއް "އަވާރަޕަން 2" އިން ހޯދަމުންދާއިރު، މި ފިލްމު ވެގެން ގޮސްފައިވަނީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ފިލްމަށެވެ.
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔާސް ފަށަނީ
ހޫތީން ތާއިފަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ
ޕީއެންއެފުން މެންބަރުން ވަކިކުރާތީ ޝަކީލްގެ މައްސަލަ ފުލުހަށް