ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ބިގްބޮސް"ގެ 16 ވަނަ ސީޒަން އަންނަ އޮކްޓޯބަރު މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ކަލާޒް ޓީވީއިން ގެނެސްދޭ މިޝޯއަކީ އިންޑިއާގެ އިތުރުން ރާއްޖޭގައިވެސް ގިނަ ބަޔަކު ބަލަމުންދާ ޝޯއެކެވެ.

2016 ވަނަ އަހަރު ފެށިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން "ބިގްބޮސް" ހޯސްޓްކުރަމުން އަންނައިރު މިހާތަނަށް ވަނީ ކާމިޔާބު ކަމާއެކު 15 ސީޒަން ނިންމާލާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު "ބިގްބޮސް 16" ފެށިގެންދާއިރު މިފަހަރުގެ ސީޒަންގެ ތީމަކީ "އަކުއާ" އެވެ. "ބިގްބޮސް" ގޭގެ މަސްކަތްތައް ނިމިފައިވާއިރު ގޭ ތެރޭގެ ބައެއް ފޮޓޯތައްވެސް ވަނީ މީޑިއާގައި ލީކުވެފަ އެވެ.

https://www.youtube.com/watch?v=Dih-YClnvYM&t=19s

"ބިގްބޮސް 16" ޕްރޮމޯގެ ޝޫޓީން ސަލްމާން ނިންމާލާފައިވާއިރު މިޝޯގެ ޓީޒާއެއް މިހާރު ވަނީ ލީކްވެފަ އެވެ. މިސީޒަންގެ ޕްރޮމޯ އަންނަ ސެޕްޓެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ބިގްބޮސް 16" އިއުލާން ކުރުމާއެކު މިޝޯގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މަގުބޫލު ތަރިންގެ ނަންތައް އަންނަނީ ދަނީ ދައުރު ވަމުންނެވެ. އެގޮތުން މިފަހަރުގެ ސީޒަނުގައިވެސް ޓީވީގެ މަގުބޫލު ބައެއް ތަރިން ފެނިގެންދާއިރު ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ބައެއް ފަންނާނުންވެސް މިފަހަރު ޝޯގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް މީގެ ކުރިން އަޑު އަރާފައިވާ ޓީވީ ތަރިން ކަމަށްވާ ސްރީތީ ޖާ، ދިވްޔަންކާ ޓްރިޕަތީ އަދި އަރްޖުން ބިޖްލާނީ ވަނީ ޝޯއަށް ނޫނެކޭ ބުނެފަ އެވެ.

https://www.instagram.com/p/CfgK_PPFaQr/?hl=en

ޓެލީ ފިއުޝަންގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން "ހަތުރޯން ކޭ ކިލާޅީ 12" ގެ ދެ ބައިވެރިން "ބިގްބޮސް 16" ގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ. އެއީ ފައިސަލް ޝައިހާއި ކަނިކާ މާން އެވެ.

https://www.instagram.com/p/ChUlSRwoBNw/?hl=en

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޓީވީ އެކްޓަރު މޯހިތު މަލިކް އާއި ރާޖް އަނަދުކަތު މިފަހަރު ޝޯއިން ފެނިގެންދާނެ އެވެ. މި ދެ ތަރިންނާއެކު "ބިގްބޮސް" ޓީމުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގެ މަޝްހޫރު އިންފްލޫއެންސަރެއް ކަމަށްވާ ވިޝާލް ޕާންޑޭވެސް މިފަހަރުގެ ޝޯގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CeDoTTXBTCo/?hl=en

"ބިގްބޮސް 16" ގައި ފެނިގެންދާނެ ކަމަށް ލަފާކުރެވޭ އިތުރު ފަންނާނުން:

  • ސަނާޔާ އިރާނީ
  • ޖަންނަތު ޒުބައިރު
https://www.instagram.com/p/ChRTdVasNPo/?hl=en
  • ޕޫނަމް ޕާންޑޭ
  • ޝިވިން ނަރަންގް
  • ވިވިއަން ޑްސެނާ
  • އަޒްމާ ފައްލާ
  • މުންމުން ދައްތާ
  • ކެޓް ކްރިސްޓިއަން
  • ޝިވަންގީ ޖޯޝީ
  • މުނަވަރު ފާރޫޤީ
  • ޓީނާ ދުއްތާ

މިފަހަރު ސީޒަންގައި ބައިވެރިވާނެ ފަންނާނުންގެ މައުލޫމާތު އަދި ޓީމަކުން ހިއްސާކޮށްފައިނުވެ އެވެ.