ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރީ މިއަދު އެވެ. މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރެވޭނެ އެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ.
މި ފަހުމުނާމާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯ އިންނާއި މެނޭޖިން ޑައިރެކްޓަރުންނެވެ.
މި މަސައްކަތް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
"އެވެންޖާސް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ!
ތިނަދޫގެ އާބާދީ އޮޅުވައިލި ކަމަށް ބުނާ މައްސަލަ ޕީޖީއަށް
އުރަމަތީގެ ސިއްހަތަށް އަންހެނުން ގެންގުޅެންޖެހޭ 5 އާދައެއް!
