ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ކަޓްޕުޓްލީ" ގެ ޓީޒާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 2 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސައިކޮލޮޖިކަލް ތުރިލާ އަކީ ސީރިއަލް ކިލާއަކު އަތުލައިގަންނަން ފުލުހަކު ކުރާ މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ.

"ކަތުޕުތުލީ" އަކީ 2018 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ރަތުސަސަން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އަކްޝޭގެ ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި އޭނަގެ "ބެލް ބޮޓަމް" ވެސް ޑައިރެކްޓް ކުރި ރަންޖީތު އެމް ތިވާރީ އެވެ.

އަކްޝޭ އާއެކު ރަކުލް ޕްރީތް ސިންގް ލީޑް ރޯލުން ފެންނަ މި ފިލްމަކީ ވަޝޫ ބަގްނާނީ އާއި ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

https://www.instagram.com/p/CheOeIWtWTJ/

އަކްޝޭ އާއި ރަކުލް ވަނީ މި ފިލްމުގެ ޝޫޓިން މަސޫރީގައި މިއަހަރު ކުރީކޮޅު ނިންމާލާފައިވާ މިފިލްމަށް ކުރިން ކިޔާފައިވަނީ " މިޝަން ސިންޑްރެއްލާ" އެވެ.

މި ފިލްމުގައި ކިޔައިދެނީ ފުރާވަރުގެ އަންހެން ކުއްޖަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނިގެން އެ ހާދިސާ އަށް ފިލްމެއް ހަދަން މަސައްކަތްކުރާ ޒުވާނަކު، އާއިލީ ފިއްތުންތަކާ ހެދި ފިލްމު ހެދުމުގެ ހިޔާލު ދޫކޮށްލައި، ފުލުހަކަށްވުމުން ދިމާވާ އާދަޔާހިލާފު ހާދިސާތަކެކެވެ.