ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް މިއަދު ބުނީ، ބަނގްލަދޭޝް ރައްޔިތަކާއި އިތުރު ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، ދައުވާކޮށް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ދައުވާކުރަން ކޯޓަށް ފޮނުވާފައިވާ މީހުންނަކީ، ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން ކޮންބަޔަކަށް ކަމެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. މިމައްސަލާގައި ފުލުހުން ވަނީ 4 މީހަކު ހައްޔަރު ކުރުމަށްފަހު މިހާރު މިމީހުން ދޫކޮށްލާފަ އެވެ.
މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފުލުހުން ފޮނުވާފައިވަނީ ގާނޫނުލް އުގޫބާތުގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. މި ދެ ގާނޫނަކީ، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ދެ ގާނޫނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ) ގެ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއު އާއި އެމްޑީ އަލަމްގިރި އެވެ.
އަލަމްގިރިއާއި އެކު ގުޅުން ހިންގައިގެން ބައެއް މީހުން ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
މައިކަލް ޖެކްސަން އަށް އިތުރު ތުހުމަތުތަކެއް ކޮށްފި
ކާޖަލް އާއީ ދަރިފުޅު ނީސާގެ މެދުގައި 3 އަހަރުގެ ދެބަސްވުން
ވިޓަމިން ޑީ މަދުވުމުން ފެނިދާނެ ފާހަގަކުރަން އުނދަގޫ 5 އަލާމާތެއް
ދަޢުވާ އުފުލުމަކުން ނުފުދޭނެ. ޝަރުޢީ ޙުކުމް ކަނޑައަޅައި، ޙުކުމް ތަންފީޒުކޮށް ޙައްދު ޤާއިމު ކުރައްވާ !