އަަބަދުވެސް އިވެނީ ގްރީން ޓީއިން ލިބޭ ފައިދާތަކުގެ ވާހަކަ އެވެ. އެއިން ހަށިގަނޑަށްކުރާ ހެޔޮ އަސަރުތަކުގެ ވާހަކަ އެވެ. ނަމަވެސް މިފަހަރު މިއޮތީ ތަފާތު ވާހަކަ އެކެވެ. ގްރީން ޓީ ބުއިމުން ފައިދާއާއިރު ގެއްލުން ވެސް ލިބޭ ކަމަށް މާހިރުން ވިދާޅުވެ އެވެ.
ގްރީން ޓީއިން ލިބޭ ފައިދާތަކަށް ބަލާއިރު އޭގައި ގިނަ އަދަދަށް ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ މާއްދާތައް މަދު ކޮށްދޭއިރު ހަށިގަނޑުގެ ޕީއެޗް ލެވެލްވެސް މައިތިރިކޮށްދެ އެވެ.
އޭގެ އިތުރުން މި ބުއިމުގައި މީހާގެ ދަތްތަކަށް ލިބޭ ގެއްލުން ކުޑަ ކޮށްދޭ މާއްދާތަކެއްވެސް ހިމެނޭ ކަމަށް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ. އެތައް ކެލޮރީއެއް ނައްތާލަދޭ ބުއިމެއްގެ ގޮތުގައި ގްރީން ޓީ ވެފައިވާއިރު މީގެ އިތުރުންވެސް މި ބުއިމުން ތުރުތުރުއެޅުން ފަދަ ކަންކަން މައިތިރި ކޮށްދޭކަމަށް ބުނާ ވާހައަށްވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއްވާ ކަމަށް ދިރާސާތަކުން ވަނީ ދައްކުވައިދީފަ އެވެ.
އެއާޚިލާފަށް ގްރީންޓީ ބުއިމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަލާއިލާއިރު މީހާގެ ހަށިގަނޑު ފަސޭހައިން ވަރުބަލި ކޮށްލައި ބަނޑުގެ ރިއްސުން ފަދަ މައްސަލަތަކަށް ކަންކަންކަމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފަ އެވެ.
ހަމައެއާއެކު ހަށިގަނޑުގައި ހުންނަ ރަނގަޅު ބެކްޓީރިއާތައް ވެސް މި ބުއިމުން ނައްތާލަދޭއިރު މިއީ ދިފާއީ ނިޒާމު ވެސް ބަލިކަށި ކުރުވާ ކަމެކެވެ.
އެހެން ކަމުން ގްރީން ޓީ ބުއިމާމެދު ގޮތެއް ނިންމާނީ ތިޔަ ބޭފުުޅުންނެވެ.