އުރީދޫ މޯލްޑިވްސްއިން ހަތަރު ގުނަ އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާ އެއް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ މި އޮފާ މެދުވެރިކޮށްމުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210 ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ. އަދި އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފާ އާއެކު ވަނީ އިތުރަށް ފުރިހަމަވެފަ އެވެ. ހަމަ އެއާ އެކު އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް
- އާޗާ ޕްރިޕެއިޑް ޕްލޭންސްއަގު (ރުފިޔާ)ޕެކޭޖް އެލަވަންސްބޭނުންކުރެވޭ މުއްދަތުއާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް150ދުވާލަކު 4 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް ދެވޭ ބޯނަސް ޑޭޓާ)
- އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް 7 ދުވަސްއާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް500ދުވާލަކު 5 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 1 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ)
- އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް30 ދުވަސްއާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް750ދުވާލަކު 7 ޖީބީ (2 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 1 ޖީބީ ބޯނަސް ޑޭޓާ + 2 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 2 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ)
މިއަދު މި ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައް ވެސް އިތުރު ހާސްކަމެއް ނެތި ބަލާލެވޭ ގޮތަށެވެ.
އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ހާއްސަކޮށް ބަހާލެވިފަ އެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެ އެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
އުރީދޫ އެޕް: http://ore.do/app
އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
1#*929* އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެ އެވެ.