ކިޑްނީގެ ބަލި ތަކަކީ ގިނަ ބަޔަކަަށް ދިމާވެފައިވާ ހައްލު ކުރަން އުނދަގޫ މައްސަލަ އެކެވެ. ކިޑްނީ ފެއިލްވުން ނުވަތަ ހިލަ އުފެދުން މިއީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭނެ ކެވެ.

ކިޑްނީ އަކީ ހަށިގަނޑުގެ މުހިއްމު ގުނަ ވަނަކަށް ވާއިރު ފަރުވާ ކުޑަނުކޮށް ފައިދާ ހުރި ކަނާ ގަވައިދުން ބޭނުން ކުރާނަަމަ ފަސޭހަކާމާއި އެކު ކިޑްނީއަށް ދިމަވާ މައްސަލަ ތަކުން ދުރުވެވިދާނެ އެވެ.

ކިޑްނީގެ މައްސަލަތަކުން ދުުރުވުމަށް ބޭނުން ކުރެވިދަނެ ބައެއް ކަނާ

ކްރޭންބެރީ

ކްރޭންބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، އެންޓި އޮކްސިޑެންޓް އަދި ފައިބާ ހިމެނެ އެވެ. އޭގެ އިތުރުން ކޭންބެރީގަކީ ހަކުރު ހިމެނޭ މިންވަރު މަދު މޭވާ އެކެވެ. އަދި ކޭންބެރީއަކީ ކިޑްނީގައި ހިމެނޭ ބެކްޓީރިއާއި ބްލެޑާރ ގެ އެތެރެއަށް ވަންނަ ބެކްޓީރިއާ މަދުކޮށްދިނުމަށް އެހީ ވެދޭ މެވާ އެއްވެސް މެއެވެ.

ކެބެޖް

ކެބެޖުގައި ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6 އަދި ފައިބާ ހިމެނޭ ތަރުކާރީ އެކެެވެ. ކިޑްނީއަށް ފައިދާ ހުރި ކާނާ ތެރޭގައި ކެބެޖް ހިމެނެނީ ކެބެޖަކީ ޕޮޓެންޝިއަމް ހިމެނޭ މިންވަރު މަދު ކަނާ އަކަށް ވީމަ އެވެ.

މަޝްރޫމް

ވިޓަމިން ޑީ ގިނަ އަަދަދަކަށް ހިމެނެ މަޝްރޫމް އަކީ ކިޑްނީގެ ބަލިތަކުން ދުރު ކޮށްދިނުމަށް އެންމެ ރަނގަޅު އެއް ކަނާ އެވެ. މިއީ އަނގައަށް ވެސް މީރު ކެއުމެކެވެ.

މީގެ އިތުރުން ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް ގިނައިން ފެން ބުއިމަކީ އެންމެ އިސްކަމެއް ދޭން ވާނެ އެއް ކަމެވެ.