ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް މާލެ ތެރޭގައި އާއި ކަނޑުމަތީގައި ހިންގައި، 71 ކިލޯގެ ޑްރަގާއި 10 މީހުން ހައްޔަރު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ޑްރަގް ނެޓްވޯކް އަތުލައިގަތުމަށް ފުލުހުން ފަރީދީމަގު ބަންދުކޮށްފައި. ފޮޓޯ: އެމްވީ ކްރައިސިސް

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަރީދީމަގުގެ ބައެއް ބަންދުކޮށްގެން ކުރިޔަށް ގެންދަނީ ގިނަ އަދަދެއްގެ ޑްރަގް ހިފައިގެން ދަތުރުކުރި ކާރެއް ފާސްކޮށް، ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މީހުން އަތުލައިގަތުމުގެ އޮޕަރޭޝަން ކަނޑުމަތީގަ އާއި އެއްގަމުގައި ކުރިޔަށް ގެންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ޑްރަގް ނެޓްވޯކް އަތުލައިގަތުމުގެ ހަރަކާތާ ގުޅިގެން މިއަދުގެ ހެނދުނުން ފެށިގެން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ތަންތަން ފާސްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ދެ ލަގެޖަކާއި ދެ ގޯނީގައި ހުރި ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުގައި ފަރީދީމަގު، ރެޑްވޭވް ފިހާރަ ކުރިމަތިން ކާރެއް ވަނީ ހުއްޓުވައިފަ އެވެ. އެ ކާރުގެ ޑިކީ ހުޅުވައިފައި ހުރި އިރު، ފޮޓޯއިން ބޮޑު ދެ ގޯނި ފެންނަން ހުއްޓެވެ.