އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން ހުޅުމާލޭގެ އާންމު ތަންތަނުގައި ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަންތަން ގާއިމްކުރުމަށް ނިންމައިފި އެވެ.

ހުޅުމާލޭގެ އާންމު ތަންތަނުގައި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ވޯޓަރަ އެންޑް ސުވަރޭންޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ މިއީ އާންމު ތަންތަނުން ފަސޭހަ ކަމާއެކު ބޯފެން ލިބޭނެ ގޮތް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކް މަދުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކްގެ ތެރޭގައި މިނަރަލް ފެން ފުޅިގެ ތެރެއިން ވެސް ކުދިން ފެންފުޅިއަކީ އާނމުކޮށް ފެންނަ ބާވަތެކެވެ. އެ ބާވަތުގެ ކުނި މަދު ކުރުމަށް ހިންގާ މި މަޝްރޫއަކީ ގިނަ ބަޔަކަށް ބޯ ފެން ފަސޭހަކަމާ އެކު ލިބިގެން ދާނެ މަޝްރޫއެކެވެ.