ސޮވެރިން ޑިވެލޮޕްމެންޓް ފަނޑަކީ އެއްވަރެއްގައި އަހަރުގެ ހުރިހާ ދުވަހެއްގައި ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫން ކަމަށާއި އެ ފައިސާއަކީ އެކިކަންކަމުގައި ހަރަދު ވެސް ކުރެވޭ ފައިސާއެއް ކަމަށް ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަނޑުގައި ފައިސާ ނެތް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކޮށްފަ އެވެ.
މިއުވާން ވިދާޅުވީ އަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަނޑުގައި ހުންނާނެކަމަށް ބަޖެޓުގައި ހިމެނިފައިވާ އަދަދަށް ފައިސާ ހުންނާނެ ކަމަށެވެ. އަދި އެއްވެސް ފައިސާއެއް މިހާތަނަށް ގެއްލިފައި ނުވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަނޑަކީ އެއްވަރެއްގައި އަހަރުގެ ހުރިހާ ދުވަހެއްގައި ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫން ކަމަށާއި އެ ފައިސާއަކީ އެކިކަންކަމުގައި ހަރަދު ވެސް ކުރެވޭ ފައިސާއެއް ކަމަށް ވެސް މިއުވާން ފާހަގަ ކުރެއްވި އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.
އައްޑޫން 3 ވަނަ ޑްރަގް ކެފޭ ބަންދުކޮށްފި
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި
އަލްޖީރިއާ ބަލިކޮށް ސްވިޓްޒަލެންޑް ދެވަނަ ބުރަށް