ޓޯކިޔޯ (06 އޮކްޓޯބަރު) ހަ މަހުގެ ތުއްތު ކުދިންނަށް ވެސް ފައިޒާ ކޮވިޑް 19 ވެކްސިން ދިނުން ރައްކާތެރި ކަމަށް ޖަޕާނުގެ ހެލްތު މިނިސްޓްރީގެ ޕެނަލަކުން ބުނެފި އެވެ.
ޖަޕާނުން ވަނީ މިިދިޔަ ޖެނުއަރީ މަހު އުމުރުން 5 އަހަރުން މަތީގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށައިފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި އެ ގައުމުން ފައިޒާ އަދި މޮޑާނާ ވެކްސިންގެ ބޫސްޓާ ޑޯޒްތައް ޖަހަން ފަށާފައިވާއިރު މިއީ އޮމިކްރޯން ވޭރިއަންޓް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ދެ ކުންފުނިން ވެސް ވަނީ ނުރައްކާތެރި އޮމިކްރޯން ވޭރިއަންޓަށް ހާއްސަކޮށްގެން އެ ކުންފުނީގެ ވެކްސިންއެއް ނެރެފަ އެވެ.
ޖަޕާނުން ތުއްތު ކުދިންނަށް ވެކްސިން ދޭން ފަށައިފި ނަމަ އެ ގައުމު ވެގެން ދާނީ މިހާ ހަގު ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށާ ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. -- އަލް އަރަބިއްޔާ
ހޯރަފުށީގައި ކުދިންތަކެއް މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ