ފޮނިތޮށްޓަކީ ދިވެހިންގެ ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބާވަތެކެވެ. ކެއްކުމުގެ އިތުރުން ހުހަށް ވެސް ގިނަބަޔަކު ކައިއުޅޭ ފޮނިތޮށްޓަކީ ހައިރާން ކުރުވަނިވި ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެެކެވެ.
އެގޮތުން ފޮނިތޮށްޓަކީ ހިތުގެ ސިއްހަތަށް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ސަރުބީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ލޯ.ޑެންސިޓީ.ލިޕޯޕްރޮޓީން ދަށްކޮށްދޭ އެއްޗެއް ކަމުގައި ފޮނިތޮށިވެއެ ވެ. އެހެން ކަމުން މިއީ ހިތުގެ ބަލިތަކަށް މަގުފަހި ކޮށްދޭ ހުރިހާ ނުރައްކަލަކުން މީހާ ސަލާމަތްކޮށްދޭނެ އެއްޗެކެވެ.
ޔުނިވަރސިޓީ އޮފް ޓެކްސަސް އިން ނެރެމުންދާ މަޖައްލާއެއް ކަމަށްވާ ނިއުޓްރިޝަން އެންޑް ކެންސާ ގައި ބަޔާންކޮށްފައިވާ ގޮތުން ފޮނިތޮށި ބޭނުން ކުރުމަކީ ކެންސަރު ސެލްތައް އުފެދުމަށް ހުރަސްއަޅާ ކަމެކެވެ. އެހެން ކަމުން ކެންސަރުގެ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށްވެސް މިއިން ލުޔެއް ލިބިގެންދެ އެވެ.
ފޮނިތޮށުޓަކީ ފައިބާ އާއި ކެލްސިއަމް އަދި ދަގަނޑުގެ މާއްދާތަކުގެ އިތުރުން މެގްނީޒިއަމް ވެސް އޭގައި އެކުލެވޭ އެއްޗެކެވެ. ފޮނިތޮށީގެ ކިތަންމެ ކުޑަ މިންވަރެއްގައިވެސް މިތަކެތި ހިމެނިފައިވުމުން އެއީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެ ކަމެކެވެ.
މައްސަރު ކަންތަކުގައި ދިމާވާ ތަދާއި ދަރިމައިވުމުގައި ދިމާވާ މައްސަލަ ތަކުގައި އެހީވެދޭނެ ކެމިކަލެއް ފޮނިތޮށީގައި އެކުލެވިގެންވެ އެވެ. ސިނަމަލްޑިހައިޑް ނަމަކަށްކިޔާ މި މާއްދާއަކީ އަންހެނުންގެ ޕްރޮގެސްޓްރޯން އިތުރުކޮށްދޭ އަދި ޓެސްޓެސްޓެރޯން އުފެދޭ މިންވަރު ދަށް ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ފޮނިތޮށި ކެއުމުން ހަށިގަނޑުގެ ހޯމޯން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ އެވެ.
އޭގެ އިތުރުން އަލްޒީމާ އާއި ތުރުތުރުއަޅާ ބަލި، އަދި ސިކުނޑީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގެ ބާރު ދެރަކޮށްދޭ އެއްޗެއްކަމުގައި ފޮނިތޮށި ވާކަމަށް ދިރާސާ ތަކުން ދައްކަ އެވެ. މިގޮތުން ނާރު ތަކަށް ދިމާވާ ދިގުމުއްދަތުގެ ގެއްލުންތައްވެސް ފޮނިތޮށިން ކުޑަކޮށްދެ އެވެ.