ހެލެބެލި ހުތަކީ އަހަރުމެން ރާއްޖެއިން އާއްމުކޮށް ލިބޭ އެއްޗެކެވެ. އަނގަ މަޖަލަކަށް ކައި އުޅޭ ހެލަބެއްޔަކީ ގިނަ ބަލިތަކުގެ ހައްލަކަށް ވެދާނެ އެވެ.
ލޭމައްޗަށް ދިއުން
ހެލަބެލީގައި ޕޮޓޭސިއަމް ހުރުމުން ލޭ މައްޗަށް ދިއުމުން ދުުރުކޮށްދެ އެވެ. މީގެ އިތުުރުން ހެލަބެއްޔަކީ ރެޑް ބްލަޑް ސެލްސް އިތުރު ކޮށްދީ ހިތަށްވެސް ވަރަށް ފައިދާ ހުރި ބާވަތެކެވެ.
ލޮލުގެ މައްސަލަތައް
ވިޓަމިން އޭއަކީ ލޮލަށް ވަރަށް މުހިއްމު މާއްދާ އެކެވެ. އެގޮތުން ހެލަބެލީގައި ވަރަށް ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނެ އެވެ. މީގެ އިތުުރުން ލޮލުގެ ތެއްކަން ހިކުމުން ދުރުކޮށް ދިނުމަށް ވެސް ހެލަބެލި އެހީތެރިވެދެ އެވެ.
އާންމު ބަލިތަކާ އިންފެކްޝަންތައް
ހެލަބެއްޔަކީ ހުމާއި ރޯގާފަަދަ އާއްމު ބަލިތަކުން ދުރުކޮށްދީ ހަށިގަނޑު ރައްކާތެރި ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވިޓަމިން ސީ މަދުވުމުން ދިމާވާ މައްސަލަތައް ވެސް ހެލަބެލިން ދުުރުކޮށްދެ އެވެ.