އެއްބަޔަކު ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު އަނެއް ބަޔަކު މަސައްކަތް ކުރަނީ ބަރުދަން އިތުރު ކުރުމަށެވެ. ބަރުދަން އިތުރު ކުރުމުގައި ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުންކޮށްގެން ބަރުދަން އިތުރު ކުރުމަށް މަސައްކަތް ކުރުން މުހިއްމެވެ. އެގޮތުން މި ލިޔުމުގައި ބަރުދަން އިތުރު ކުރުމަށް އެހީތެރިވެދޭނެ ބައެއް ކާނާތަކަށް ބަލާލާނަމެވެ.
ކިރު
ކިރަކީ ބަރުދަން އިތުރު ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ގިނަ ގިނައިން ކިރު ބޭނުން ކުރުމަކީ ބަރުދަން އިތުރުކޮށްދޭނެ ކަމެކެވެ.
ބަތް
އާއްމުކޮށް ހުރިހާ ގެއެއްގައިވެސް ކައި އުޅޭ ބަތަކީ ގިނަ އަދަދަކަށް ކެލޮރީއާއި ކާބްސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އާއްމުކޮށް ކޮންމެ ދުވަހަކުވެސް އާދަކޮށް ބަތް ކެއުމަކީ ބަރުދަން އިތުރު ކުރުމަށް އެހީތެރި ވެދޭނެ ކަމެކެވެ.
އަލުވި
އަލުތްވަކީ ޒަމާނުއްސުރެ ބަރުދަން އިތުރު ކުރުމަށް ބޭނުން ކުރަމުން އަންނަ ކާނާ އެކެވެ. ގިނަ އަދަދަކަށް ކެލޮރީވެސް އެކުލެވޭ އެ ތަރުކާރީ އަކީ މީރު ރަހައެއްވެސްދޭ އެއްޗެކެވެ. އެގޮތުން ފެނު ކައްކައިގެންނާއި ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރު ކޮށްގެން ވެސް އަލުވި ބޭނުން ކުރެވިދާނެ އެވެ.
އެވޮކާޑޯ
ކުޑަކުދިންގެ ބަރުދަން އިތުރު ކުރުމަށްވެސް އާއްމުކޮށް ބޭނުން ކުރާ އެވޮކާޑޯ އަކީ އަނގައަށް ވެސް މީރު މޭވާ އެކެވެ. ގިނަ އަދަދަކަށް ކެލޮރީ އާއި ފެޓްސް އެކުލެވޭ އެ މޭވާ އާއްމުކޮށް ކެއުމުގައި ހިމެނުން ވަރަށް މުހިއްމެވެ.