މާލޭގެ ގެއަކުން ދުންއަރާތީ ގޮސް ބެލިއިރު އެގެއިން ބަނގުރާ ކައްކާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:12 ހާއިރު ހެންވޭރު ގެއަކުން ދުން އަރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފްއާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން އެ ގެޔަށް ވަދެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވޭ،" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުންދާތީކަން އެނގުނު ކަމަށާއި އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެ ގޭތެރެއިން ފެނުނު ކަމަށެވެ.
މިކަމާގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ