ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށުގެ ތިން ސްކޫލަކަށް މި އަހަރު ދިނުމަށް ހަމަޖެހިފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
މި ގްރާންޓް ލިބިފައި ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލްގެ އިތުރުން އަފީފުއްދީން ސްކޫލަށެވެ.
އެއްބަސްވުންތަކުގައި ސިޓީ ކައުންސިލުގެ ފަރާތުން މޭޔަރު މުހައްމަދު އާތިފް ސޮއިކުރެއްވިއިރު، ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ތަންތަނުގެ އިސްވެރިންނެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މިއީ ގްރާންޓަށް ހުޅުވާލުމުން ސްކޫލްތަކުން ހުށަހެޅި ޕްރޮޕޯޒަލްތަކުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ވެވުނު އެއްބަސްވުންތަކެކެވެ. މީގެ މައިގަނޑު މަގްސަދަކީ ތައުލީމީ ފެންވަރު މަތިކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމެވެ. އޭގެ އިތުރުން ސްކޫލްތަކުގެ ތަރައްގީއަށް ޕީޓީއޭއިން ފަންޑު ހޯދަން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ކަމަށް އެއްބާރުލުން ދިނުން ވެސް ހިމެނެ އެވެ.
މި ގްރާންޓް ޕްރޮގްރާމްގެ ދަށުން 2024 އާއި 2025 ވަނަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 100,000 ރުފިޔާ ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރު ދޫކުރީ ކޮންމެ ސްކޫލަކަށް 50,000 ރުފިޔާއެވެ.
މަހާޖައްރާފުތައް ސާވިސްކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ހަދަނީ
ސްކޭމްތަކުގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ