ދަތުގައި ރިހުމަކީ މިހާރަކަށް އައިސް އާއްމު ކަމެކެވެ. ވަކި އުމުރެއް ނެތި ދިމާވާ މި މައްސަލައަށް ގޭގައި ވެސް ފަރުވާ ކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ބޭނުން ކުރެވިދާނެ ބައެއް އެއްޗއްސަށް ބަލާލާނަމެވެ.
ކަރަންފޫ
ދަތެއްގައި ރިއްސާ ނަމަ އަނގަޔަށް ކަރަންފުލެއް ލައިގެން ހަފާލީމައި ރިހުމަށް ލުއެއް ލިބޭކަން ފަހަގަވާކަމުގައި ގިނަ ބަޔަކު ބުނެ އެވެ. ހިރުގަނޑުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކަރަންފުލުގެ ސަބަބުން ކުޑަކޮށްދޭނެ އެވެ. ދަތެއްގައި ރިއްސާ ނަމަ ކަރަންފޫ ބޭނުންކުރުމުން، ދަތުގެ ރިހުމުގެ ސަބަބުން އަންނަ އައްސިކަން ވެސް ކަނޑުވައިދޭނެ އެވެ.
ލޮނުމެދު
ދަތުގައި ރިއްސާ ނަމަ ލޮނުމެދަކީ ވެސް އަވަސް ހައްލެއް ލިއްބައިދޭ އެއްޗެކެވެ. ލޮނުމެދެއް ޗިސްކޮށްފައި ކުޑަކުޑަ ލޮނުކޮޅާ އެއްކޮށްލުމަށްފަހު ރިއްސާ ދިމާލުގައި ހާކާލުމުން ވެސް ލުއިވާން ފަށާނެ އެވެ. މިކަން ކަމަކީ ދަތެއްގައި ރިއްސާ ނަމަ އަމިއްލަ އަށް ކުރެވިދާނެ ކަންކަމެކެވެ.