ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށްކޮށް، މައްސަލަ ނިންމާފައިވާތީ، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފި އެވެ.
މި މައްސަލައާ ގުޅިގެން ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ގާޒީ ފަހީމް ވަނީ އިއުތިރާފުވެފަ އެވެ.
ޖޭއެސްސީން ބުނެފައި ވަނީ މިއީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން މައްސަލައާގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި، މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދޭން ޖެހޭނެ ކަމެއް ކަމަށެވެ.
ނަމަވެސް އެފުރުސަތު ނުދެއްވައި ގާޒީ ފަހީމް އަމަލުކުރައްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. މި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ ފަހީމަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
މެޓް ގާލާ 2026: މިފަހަރު ކަރަން ޖޯހަރް އަލަށް ބައިވެރިވަނީ