އޮފީހަށް ދާން ގަޑި ޖެހޭތީ ސައި ނުބޮއި ކިތައް ދުވަހު ދެވޭ ހެއްޔެވެ؟ ނުވަތަ ނާސްތާ ތައްޔާރުކުރަން މަސައްކަތަށް ހެނދުނުގެ ސައި ދޫކޮށްލެވޭ ހެއްޔެވެ؟ ކޮންމެ ސަބަބަކާ ލައިގެން ވިޔަސް ހެނދުނުގެ ނާސްތާ ދޫކޮށްލެވޭ ނަމަ އެކަމުން ލިބޭ ގެއްލުންތަކަށް ވިސްނާލާށެވެ.

ބަރުދަން އިތުރުވޭ

އަބަދުވެސް ތދައްކަނީ ފަލަވާ ވާހަކަ އެވެ. މާގިނައިން ނުކެޔަސް ފަލަވަނީ އެވެ. ވިސްނާލާށެވެ. 2003 ވަނަ އަހަރު ޖާނަލް އޮފް އެޕިޑިމިއޮލޮޖީން ކުރި ދިރާސާއެއް ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ސައި ބުއިމަކީ ދުވަހުގެ އެހެން ވަގުތުތަކުގައި ގިނައިން ކެއުމުން ދުރުކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑުގައި އިންސިއުލިން އާއި ހޯމޯންގެ ކޮންސެންޓްރޭޝަން ދަށްކޮށްދޭ ކަމަށެވެ. އަދި މި ހޯމޯންތަކަކީ ފެޓް ސެލްތައް ފެޓީ އެސިޑްތަކާއި ގުޅި ހަށިގަނޑުގައި ސްޓޯ ކޮށްލާ ހޯމޯންތަކެއް ކަމަށްވެ އެވެ.

ހަކުރު ބައްޔަށް މަގުފަހިވޭ

ނާސްތާ ޓައިޕް ޓޫ ޑައިބެޓިސް ޖެހުމަށްވެސް މަގުފަހިކޮށްލާ ކަމެކެވެ. ހާއްސަކޮށް އަންހެނުންނެވެ. އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަނުން އާއްމުކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި އަންހެނުންގެ ތެރެއިން ކޮންމެ ދުވަހަކު ސައި ނުބޯ މީހުންނަށް ޓައިޕް ޓޫ ޑައިބެޓިސް ޖެހުމުގެ ފުރުސަތު އެތައް ގުނައެއް އިތުރެވެ. މި ދިރާސާ އަކީ ހަ އަހަރު ވަންދެން ކޮށްފައިވާ ދިރާސާއެކެވެ.

ހަނދާން ބަލިވޭ

ހެނދުނު ރަނގަޅަށް ސައި ނުބުއިމަކީ އަވަހަށް ހަނދާން ނެތެން މެދުވެރިވާ ސަބަބެކެވެ. 2005 ވަނަ އަހަރު ޖާނަލް ސައިކޮލިޖީ އެންޑް ބިހޭވިއާ ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނަނީ ހެނދުނު އޯޓް މީލް ފަދަ ކާނާ އެކު ހެނދުނު ނާސްތާ ނުދޭ ކުދިން އެއްޗެއްހި ހަނދާން ކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާ ކަމަށެވެ.

މޫޑު ގޯސްވޭ

ނާސްތާ ނުކުރުމަކީ މީހާގެ މޫޑު ބަދަލުކޮށްލާ ކަމަކަށްވެސް ވަނީ ވެފަ އެވެ. ހެނދުނުގެ ސަޔާއި ނުލާ ދުވަސް ފަށައިފިނަމަ އެދުވަހަކީ އެމީހަކަށް އެންމެ ރަނގަޅު ދުވަހަކަށް ގިނަފަހަރަށް ނުވެ އެވެ. ސަބަބަކަށް ވަނީ ހެނދުނުގެ ނާސްތާއިން ހޯމޯންތައް ހަމައަކަށް އަޅުވައިދޭ އަޅުވައިދިނުން ހާސިލް ނުވާތީ އެވެ.