ބަރުދަން ލުއިކު ރަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ނަމަވެސް ކަސްރަތުކޮށް ކުޅިވަރު ކުޅުމަކީ ގިނަ ބަޔަކަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެފަދަ ފަރާތްތަކަށް އޮތް އުފާވެރި ހަބަރަކީ ކަސްރަތު ނުކޮށް ނުވަތަ ޑައެޓް ނުކޮށް ވެސް ބަރުދަން ލުއި ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމެވެ.

ބަރުދަން ލުއި ކުރަން ބޭނުންވެފައި ނަމަވެސް ނަތީޖާ ހާސިލުވެފައިނުވާ ފަރާތްތަކަށް ތިރީގައި މިވާ ހަތަރު ކަންތައް ކޮށްލެއްވިދާނެ އެވެ.

ނާސްތާގެ ކުރިން ދެ ޖޯޑު ފެން ބުއިން

ކޮންމެ ގަޑިއިރެއްގެ ކެއުމުގެ ދެ ޖޯޑު ފެން ބުއިމަށް އާދަ ކުރާށެވެ. ކެއުމުގެ 15 މިނެޓް ކުރިން ދެ ޖޯޑު ފެން ބޮއެފިނަމަ އެއިން ތިމާއަށް ފައިދާތަކެއް ކުރެ އެވެ. މީގެ ސަބަބުން ތިމާގެ މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. ކާނާ ރަނގަޅަށް ހަޖަމްކޮށްދެ އެވެ. ކާނާ ރަނގަޅަށް ހަޖަމް ކޮށްދޭއިރު ކާނާ ފެޓްސްއަށް ބަދަލުވުން ވެސް ދުރުކޮށްދެ އެވެ.

ހެނދުނުގެ ނާސްތާގެ ކުރިން ހޫނު ފެންތައްޓެއް ބުއިން

ހެނދުނު ހުސްބަނޑާހުރެ ހޫނު ފެން ތަށްޓެއް ބޯލާށެވެ. ހުސް ފެންތައްޓެއް ވެސް ރަނގަޅެވެ. ނަމަވެސް އެންމެ ރަނގަޅީ ކުޑަ ލުނބޯ ހުތް ކޮޅަކާއި މާމުއި ކޮޅަކާ އެކު ބޯލުމެވެ. މިއީ ކާނާ ހަޖަމްކޮށްދިނުން ރަނގަޅު ފަރުވާ އެކެވެ.

ކާނާ ރަނގަޅަށް ހަފައިގެން ކެއުން

ދިރިއުޅުން ހުންނަ ގޮތުން ގިނަ ފަހަރަށް ކާން ޖެހެނީ އަވަސް އަރުވާލައިގެންނެވެ. އެހެންކަމުން ކާނާ ރަނގަޅަށް އޮންނަނީ ނުހެފިފަ އެވެ. ނަމަވެސް ކާ އެއްޗެހި ރަނގަޅަށް ހަފައިގެން ކެއުމަކީ މުހިންމު ކަމެކެވެ. ކޮންމެ ސުވާއެއްވެސް 20-30 ފަހަރު ހަފައިފިނަމަ އެ ކާނާއެއް ފެޓްސްއަށް ބަދަލުވުން ދުރުވެ އެވެ.

ޑީޓޫކްސް ބުއިމެއް

ގާތްގަނޑަކަށް 200 މިލިލީޓަރުގެ ހޫނު ފެނަށް އެއް ސައިސަމުސާ މާމުއި އަދި ބައި ސައިސަމުސާ ކާފުރުތޮޅި އަޅާށެވެ. މިއީ ހަށިގަނޑުން ފެޓްސް މަދުކުރުމަށް އެހީތެރިވެދޭނެ ބުއިމެކެވެ. މި ބުއިމުގެ އެއް ބައި ނިދަން އޮށޯނަމުން ބޯށެވެ. އަދި އަނެއް ބައި ހެނދުނު ހޭލުމަށްފަހު ބޯށެވެ. ބުއިން ބަހައްޓަން ވަނީ ފްރިޖެއްގަ އެވެ.

މި ހަތަރު ކަންތައް ފުރިހަމަ ކުރާނަމަ ހަފުތާއެއް ތެރޭގައި ތިމާގެ ހަށިގަނޑުން ތިން ކިލޯމ ލުއިވާނެ އެވެ.