ފިޔާ ކޮށާއިރު ލޮލަށް ދިލަ އަރައި ލޮލުން ފެން އައުމަކީ ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި އެއީ އާންމުކޮށް ކުރާ ކަމެއް ނަމަވެސް އެ ވޭން ތަހައްމަލު ކުރަންޖެހެ އެވެ. މިކަން ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

ފުރަތަމަ ގޮތަކީ ފިޔާ ކޮށުމުގެެ ކުރިން ފިޔާތައް ގަނޑު ކުރުމެވެ. ތޮށިގަނޑު ނޮޅާލުމަށް ފަހު ފިޔާތައް ގަނޑުކުރުމުން އޭގެ އެންމެ އެތެރެއަށްވެސް ފިނީގެ އަސަރު ކުރާނެ އެވެ. ފިޔާ ކޮށަން ފަށާނީ ފްރިޖުން ނެގުމަށް ފަހު 30 ވަރަކަށް މިނެޓު ފަހުންނެވެ. މި އުކުޅުގެ އަޖުމަ ބެލި މީހުން ބުނާ ގޮތުގައި ފިޔާ ގަނޑުކުރުމަށް ފަހު ކޮށުމުން ލޮލުން ދިލަނެގުން ހުއްޓެ އެވެ.

ދެވަނަ ގޮތަކީ ފިނި ފެނުގައި ފިޔާތައް ބެހެއްޓުމަށް ފަހު ފިޔާ ކޮށުމެވެ. ފިނި ފެނުގައި ބެހެއްޓުމުން ދިލަ އެރުމަށް ދިމާވާ ކެމިކަލްތައް އުފެދުން ލަސްކޮށްދެ އެވެ.

ފިޔަ ކޮށާ އިރު ޕާން ކާން ވަރަށް ގިނަ މީހުން ބުނެ އެވެ. ނަމަވެސް ޕާން ކާންވީއެއް ނޫނެވެ. ޕާން ފޮއްޗެއް އަނގައަށް ލައިގެން ހުންނަންވީ އެވެ. މިގޮތަށް ހުންނަން ވާނީ އަނގަ އެއްކޮށް ނުލައްޕަ އެވެ. އަދި މިގޮތަށް ހުރުމުން އިސާހިތަކު ކުޅު ދިޔާވާ ގޮތްވާނެ އެވެ. އަދި ލޮލުން ކަރުނަ އައުން ހުއްޓިދާނެ އެވެ.

އެވަރުން ވެސް ހައްލު ނުލިބޭނަމަ ދެން އޮތް ގޮތަކީ ގޮގުލްއެއް އެޅުމެވެ. ގިނަ މީހުން ބުނާ ގޮތުގައި ބޮޑު ގޮގުލްއެއް އަޅައިގެން ފިޔާ ކޮށުމުން ފިޔަލުގެ ދިލަ، ލޮލާ ހަމައަށް ދިއުން ހުއްޓުވައިދެ އެވެ.