އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް އަންނަ ބަދަލުތައް ގިނަވެ އެވެ. އޭގެ ތެރެއން ބައެއް ބަދަލުތަކަކީ ލޮލަށް ފެންނަން ހުންނަ ބަދަލުތަކަށް ވާއިރު ބައެއް ބަދަލުތަކަކީ ނުފެންނަ ބަދަލުތަކެވެ.

ގައިގެ ހަންގަނޑު ހިކުމަކީ ވަރަށް އާންމުކޮށް އެކި އުމުރުގެ މީހުންނަށް ދިމާވާ ކަމެކެވެ. އާންމުކޮށް މި މައްސަލަ ދިމާވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވީ ނަމަވެސް ޅަފުރައިގެ ކުދިންނަށްވެސް މި މައްސަލައާ ކުރިމަތިލާން ޖެހެ އެވެ .

އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑު ތެތްކޮށް ބެހެއްޓުމަށްޓަކައި ތެޔޮ އުފެދުމުގެ ބައި ދަށްވާނެ އެވެ . ހަމައެއާއެކު ހަށިގަނޑުން ދާ ހިތްލުމުގެ ބައިވެސް ދަށްވެ، ހަންގަނޑު ތެތްކަންމަތީ ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

އެންމެ މޮޅު އަދި އެންމެ ފަސޭހަ ގޮތަކީ ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމެވެ. ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރާނަމަ ނަތީޖާއެއްގެ ގޮތުން ހަންގަނޑަށް އާރޯކަމާއި ތާޒާކަން ލިބިގެންދާނެ އެވެ.

ނިޔަފަތި ހިކިގަތުން ނުވަތަ ހަލާކުވުމަކީވެސް އުމުރުން ދުވަސް ވުމުން ހަށިގަނޑަށް އަންނަ ބަދަލެކެވެ. މިއީ ހަންގަނޑު ހިކުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ ވަރަކަށް ނިޔަފަތި ހަލާކުވެ އެވެ.

މިކަން ހައްލުކުރުމަށްޓަކައި ގިނަގިނައިން އަތްދޮވުމާއި އަވިން ރައްކާޔެރިވުމަށް އަންގިއެއް ބޭނުންކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ނިޔަފަތި ތަކުގައި ޕެޓްރޯލިއަމް ޖެލް ބޭނުންކުރުމަކީ މުހިންމުކަމެކެވެ.

އަނގައިގެ އެތެރެ ފާރުވުމާއި ހިކުމަކީވެސް ގައިގެ ހަމުގެ ތެތްކަން ކުޑަވެ ހިކުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވާ ސަބަބެއް ކަމުގައި ބެލެވެނީ އަނގައިން ކުޅު އުފަައްދާ މިންވަރު ދަށްވުމެވެ. މިކަމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމާއި ދަތްތައް ހަަޑިވުމަކީ ދިމާވާ އިތުރު މައްސަލަތަކެވެ. ގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ފެން ބުއިމަކީ މިކަމަށްވެސް ލިބޭނެ ހަައްލެކެވެ.

މިފަދަ ބަދަލުތަކަކީ އެބަދަލުތަކަޓް އެކަށޭނަ ސަމާލުކަން ދެވއްޖެނަމަ އޭގެ އަސަރު ކުޑަވާނެ ކަންކަމެވެ.