ވިޓަމިން-ސީ އިން މުއްސަނދި މޭވާއެއްކަމަށްވާ ލުނބޮއަކީ އިސްތަށިގަނޑަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށް ރަނގަޅު މޭވާ އެކެވެ.

ލުނބޮއަކީ "އެންޓި-ބެކްޓީރިއަލް" އަދި "އެންޓި-ފަންގަލް" މޭވާއެކެވެ. އެހެންކަމުން، ބެކްޓީރިއާ އާއި ފަންގަސްއާ ދެކޮޅަށް މަސައްކަތްކޮށް، ބޮލުން ހަންފޮޅުން ހުއްޓުވަން ލުނބޯ އެހީތެރިވެދެ އެވެ.

މީގެ އިތުރުން، ލުނބޮލުގެ ދިޔައަކީ ބޯ ހިރުވުން ހުއްޓުވައިދޭ އެއްޗެއް ވެސްމެ އެވެ. އެއާއެކު އިސްތަށި ފޭބުމާއި ކޮޅު ހަލާކުވުން ފަދަ ކަންކަމަށް ވެސް ލުނބޯއިން ހައްލު ލިބެ އެވެ.

ބޮލުގައި ލުނބޯ ބޭނުންކުރެވޭނެ ބައިވަރުގޮތްތައް ހުރެ އެވެ. އޭގެ ތެރޭގައި އެންމެ ފައިދާކުރާ ގޮތްތަކަށް ބަލާލާނަމެވެ.

  1. ލުނބޮލުގެ ދިޔަ އިސްތަށިގަނޑުގައާއި ބޮލުގެ ހަންގަނޑުގައި އުނގުޅާލުމަށްފަހު އިސްތަށިގަނޑުގެ މޫތަކާއި ހަމައަށް ފޯރަންދެން ބަހައްޓާށެވެ. އެގޮތައް އިރުކޮޅަކު ބެހެއްޓުމަށް ފަހު، ޝޭމްޕޫ ލައިގެން ބޯ ރަނގަޅަށް ދޮވެލާށެވެ.
  2. ލުނބޯ ހުތް، ކާށި ތެޔޮ އަދި ހަކުރު އެއްކުރުމަށް ފަހު "ސްކްރަބް"އެއް ހަދާށެވެ. އެއަށްފަހު ބޮލުގައި އުނގުޅާލާށެވެ. މީގެ ސަބަބުން ބޮލުގައި ހުންނަ ތެޔޮތަކާއި ދާތައް ފިލުވައިދޭން އެހީތެރިވެދެ އެވެ.
  3. ހަންފޮޅުމުގެ ސަބަބުން ބޯ ހިރުވާނަމަ، ލުނބޯދިޔަ އަދި މާމުއި ނުވަތަ ލުނބޯ ދިޔަ އަދި އަލޯވެރާ ބޭނުންކޮށްގެން "ހެއާ މާސްކް"އެއް ހެދިދާނެއެވެ. މި "ހެއާ މާސްކް" ބޭނުންކުރުމުން ބޯ ހިރުވުން ކުޑަކޮށްދެއެވެ.