ޕާކިސްތާނުގެ ހުޅަނގު ދެކުނު އަވަށެއް ކަަމަށްވާ ކުއެޓާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެ އިތުރު 28 މީހަކު ޒަހަމް ވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އައި ޕޮލިސް ޕެޓްރޯލް ޓީމަކަށް އަމާޒު ކޮށްގެންނެވެ.
މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި 15 ފުލުހުން ވެސް ހިމެނޭ ކަމަށް ބުނަމުން ފުލުހުން ބުނެފައިވަނީ މިއީ ވަރަށް ނާތަހުޒީބު އަރމަލެއް ކަމަށެވެ.
ހަމަލާއަށްފަހު ރޮއިޓާސްއަށް ފޮނުވި މެސެޖެއްގައި ޕާކިސްތާނުގެ ތާލިބާން ޖަމާއަތް ކަމަށްވާ ތެހްރީކް އެ ތާލިބާން ޕާކިސްތާން (ޓީޓީޕީ)އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ.
ހަމަލާ އަމާޒުވި ޕޮލިސް ޕެޓްރޯލް ޓީމަކީ އެ ސަރަހައްދުގައި ޕޯލިއޯ ވެކްސިން ކެމްޕެއިނެއް ކުރިއަށް ގެންދިޔަ ޓީމަކާއެކު ހަރަކާތްތެރިވި ފުލުހުންގެ ޓީމެކެވެ.
ޓީޓީޕީއިން ވަނީ ވެކްސިންއަކީ ހުޅަނގުގެ ފިކުރުތައް ޕާކިސްތާނުގައި އާލާކުރަން ބޭނުންކުރާ އުކުޅެއް ކަމަށް ބުނެ މީގެ ކުރިންވެސް ވެކްސިން ޓީމުތަކަށް އަމާޒްކޮށް ހަމަލާތައް ދީފަ އެވެ.
ކުއެޓާއަކީ ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރިން ހަރަކާތްތެރިވާ އަފްޣާނިސްތާނާއި އީރާނާއެކު ބޯޑަރު ހިއްސާކުރާ ސަރަހައްދެކެވެ. -- އަލް އަރަބިއްޔާ
ކައިވެނި ކުރާނީ ކޮން އިރަކުންތޯ އެހުމުން ޝްރައްދާ ބުނީ ކީކޭ؟
ޕީއެސްއެމްގެ އެމްޑީއަށް ރައީސް އޮފީހުން އެލަވަންސްއެއް ދެނީ
"ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހު!