ކިތަންމެ ކުޑަކޮށް ވިޔަސް ތެލުލި ކެއުމުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ..

މި ދިރާސާގައި ތެލުލި ކާނާގެ ސަބަބުން ހީ ނުކުރާ ވަރުގެ ގެއްލުންތައް ވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެ އެވެ. އޭގައ އެގޮތުން ތެލުލި ކާނާ ކެވޭ ދުވަސްތައް ގިނަ ނަމަ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 28 ޕަސަންޓަށް އިތުރުވެ އެވެ.

ހަމަ މިއާ އެކު، ކޮރަނަރީ ހާޓް ޑިޒީޒްގެ ނުރައްކާ 22 ޕަސެންޓަށް އަދި ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 37 ޕަސެންޓަށް އިތުރުވާ ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.

ތެލުލި ކާނާގެ ނުރައްކަލަކީ އެފަދަ ކާނާ ތައްޔާރުކުރުމުގެ މަރުހަލާގައި ތެލުގައި އެކުލެވޭ ފެޓްތައް ކާ އެއްޗިހީގެ ތެރެއަށް ދަމައިގެނެ ކެލަރީ އިންތިހާ އަށް އިތިރުވުމަށް މަގުފަހިވުމެވެ

ލުލި ކާނާތަކުގެ އިތުރުން ހަށިގަނޑަށް ނުރައްކާ ޓްރާންސް ފެޓް އެެކުލެވޭ އެއްޗެހީގެ ތެރޭގައި ގަނޑުކުރި ޕިއްޒާ އާއި ޕައި ކްރަސްޓާއި ކޭކާއި ކޮފީ ކްރީމާ އާއި ކުކީޒް އާއި ކްރެކާ އާއި ބިސްކޯދު ފަދަ އެތައް ބާވަތެއް ހިމެނޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.