ގޮނޑުދޮށަށް ގޮސް ހިނގާލަން އެންމެ ފަހުން އުޅުނީ ކޮންއިރަކު ހެއްޔެވެ؟ އުޅެން ޖެހޭ ބުރަ ދިރިއުޅުމުން އެކަން އޮންނަނީ ނުވެފަ އެވެ. އެހެން ނަމަވެސް ވަގުތުކޮޅެއް ހުސް ކޮށްލައިގެން ކޮންމެ ދުވަހެއްގައި ވެސް ވެލިގަނޑު މަތީ ހުސްފަޔާ ހިނގާލުމަކީ ސިއްހީ ގޮތުން އެތަކެއް ފައިދާތަކެއް ލިބިދޭނެ ކަމެކެވެ.

އެގޮތުން ހުސްފަޔާއި ހިނގާލުމަށް އާދަކުރުމުން ހަށިގަނޑުގައި ހުންނަ ކުދި ރިހުންތައް ފިލައިގެންދެ އެވެ. މިކަން މިހެން ވަނީ ވެލީގައި ހުންނަ ގުދުރަތީ މާއްދާތައް ހަށިގަނޑަށް ލިއްބައިދީ ޕެއިންކިލާއެއްގެ ގޮތުގައި ހަރަކާތްތެރިވާތީ އެވެ.

ސަައިންސްވެރިންގެ ހޯދުންތަކުން އެނގޭގޮތުގައި އާންމުކޮށް ހުސްފައިގައި ހިނގާ ފަރާތްތަކުގެ ރޭގަނޑުގެ ނިދި މި ގޮތަށް ނުހިނގާ ފަރާތްތަކާ އަޅާބަލާއިރު ފުރިހަމަވެ އެވެ. ރޭގަނޑު އަރާމު ނިންޖެއް ބޭނުންނަމަ އާންމު ގޮތެއްގައި މި ގޮތަށް ހިނގުމަށް އާދަކޮށްލަމާ ހިނގާށެވެ.

އޭގެ އިތުރުން ހުސްފަޔާ ހިނގުމުގެ ސަބަބުން ލޭގައި ހުންނަ ހުދު ބުލަޑް ސެލް ދަށްކޮށް ރެޑް ބުލަޑް ސެލް އުފައްދައިދޭ މިންވަރު އިތުރުވުމަށް އެހީތެރިވެދެދިނުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ރަނގަޅު ކޮށްދެ އެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ހުސްފަޔާ ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހުންނަ ލޭގެ އެއްސެލް އަނެއް ސެލްއާއި ތަތްވުމުން ދުރުކޮށްދެ އެވެ. މީގެ ސަބަބުން ލޭގެ އޮލަމިން ކުޑަވުމަށް އެހީތެރިވެދެ އެވެ. އެހެން ކަމުން ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީވެދެ އެވެ.

ބައެއް އަންހެނުންނަކީ މައްސަރު ދުވަސްތައް ވަރަށް ވޭނުގައި ހޭދަކުރާބައެކެވެ. އެފަދަ ފަރާތްތަކުންވެސް ހުސްފަޔާ ހިނގާލުމުން މަސްވަރު ދުވަސްވަރު ބަނޑުގައި ރިއްސުމަށް ލުއިވެގެންދާނެ އެވެ.

ހުސްފަޔާ ހިނގާލުމަކާ މިހާ ފައިދާ ލިބޭ ކަމަކަށް ވީއިރު އަހަރުމެންގެ ދުވަހުގެ ތާވަލުން މިކަަމަށް ވަގުތުކޮޅެއް ހާއްސަ ކުރުމަކީ ބުއްދިވެރި ކަމެކެވެ.