މިހާރު ކަލާޒް ޓީވީއިން ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 16" ގެ ހަފްތާ ބަންދު އެޕިސޯޑުގައި ޝޯގެ ހޯސްޓް ސަލްމާން ޚާންގެ ނުރުހުން މިފަހަރު އަމާޒުވެފައި ވަނީ އަރްޗަނާ ގޯތަމަށެވެ. އަރްޗަނާ މެދުގައި ސަލްމާން ހިތްހަމަނުޖެހުން ފާޅުކުރީ އޭނާ މިހަފްތާގައި ބިގް ބޮސްގެ އެހެން ބައިވެރިންނަށް އަމާޒުކޮށް ބުނެފައިވާ ބައެއް ބަސްތަކުގެ ސަބަބުންނެވެ.

ސަލްމާން ވަނީ އަރްޗަނާ އާއި ސުވާލުކޮށް ބިގް ބޮސް ގޭގައި ވާހަކަ ދައްކާ ގޮތަށް އަމިއްލަ ގޭގައި ވެސް ވާހަކަ ދައްކާތޯ އަހާފަ އެވެ. މި ސުވާލު އަރްޗަނާއި ސަލްމާން ކުރީ ޓީވީ ބަތަލާ ސުންބުލް އާ ދިމާލަށް އަރްޗަނާ "ސޫރަޔަށް ބަލާފައި ރާނީ އަދި ރާޖާއަކަށް ނުވެވޭނެ" ކަމަށް މިހެން ބުނެފައިވާތީ އެވެ. އަދި ބިގްބޮސް އަމާޒުކޮށް އަރްޗަނާ ބުނެފައިވާ ބަސްތަކާ މެދުގައި ހިތްހަމަނުޖެހި ސަލްމާން ވަނީ ވާހަކަ ދައްކާފަ އެވެ.

އަރްޗަނާގެ އިތުރުން އެހެން ބައިވެރިންގެ މިހަފްތާގައި ކޮށްފައިވާ ބައެއް ކަންތައްތަކާ މެދުގައި ސަލްމާން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެކަންތައް ރަގަޅު ކުރުމަށް ބައިވެރިންގެ ކިބައިން ސަލްމާން ވަނީ އެދިފަ އެވެ.

މިހަފްތާ ބަންދު އެފިސޯޑުގައި ސަލްމާން ވަނީ ބައިވެރިންނަށް ގޭމެއް ކުޅެން ދީފަ އެވެ. އެ ބައިވެރިޔެއްގެ ނަޒަރުގައި މިހާރު ބިގްބޮސް ގެއިން ނިކުންނަށް ޖެހޭ ބައިވެރިއެއްގެ ފޮޓޯ ފުޓްބޯޅާގައި ތައްކުރުމަށްފަހު ދޮރު ބޭރަށް ފޮނުވާލުމަށެވެ.

މި ހަފްތާ ބަންދުގައި ގެނެސްދޭ ބައިގައި މިފަހަރު ވަނީ ސަޕޯޓަރުންގެ ސުވާލުތަކަށް ވެސް ބައިވެރިން ޖަވާބު ދީފަ އެވެ.

ބިގް ބޮސް 16 އިން އަންނަނީ ބެލުންތެރިން މުނިފޫހިފިލުވައިދޭ ބޮޑެތި ޑްރާމާތަކާއި ވާހަކަތައް ކޮންމެ ހަފްތާއަކު ޝޯއިން ފެނިގެންދެ އެވެ.