ބުރިކަށީގައި ރިއްސުމަކީ އުމުރުގެ ކޮންމެ ހިސާބެއްގައި ކޮންމެ މީހަކަން ވެސް ދިމާވެދާނެ ކަމެކެވެ. ޑޮކްޓަރަން ދެއްކުމަށް މީހުން އާންމު ކޮށްދާ އެއް ސަބަބަކީވެސް ބުރިކަށީގަ ރިހުމެވެ. އެހެން ނަަމަޅެސް މިއީ ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމެކެވެ.

ކެއުމަށް ފަރުވާތެރިވުން

ބުރިކަށީގައި ރިއްސާނަމަ ކެއުމަށް ވެސް ބަދަލުތަކެއް ގެނައުން މުހިއްމެވެ. ބަރުދަން ކުއްލިޔަކަށް ބަރުވެ، މީހާ ކަންނެތް ވުމުގެ ސަބަބުން ވެސް ބުރިކަށީގަ ރިއްސާ ތަން އާދެ އެވެ. ނުކައި ބަރުދަން ލުއި ކުރުމުގެ ބަދަލުގައި ކެމުގައި ތަރުކާރީ ކޮޅެއް އިތުރު ކޮށްލާށެވެ. އަދި ކެއުމުގައި ބޭނުން ކުރެވޭ ހަކުރު މަދު ކޮށްލާށެވެ.

އިށީނދެ އިނުން މަދު ކުރުން

އެއްތަނެއްގައި ގިނައިރު އިށީނދެ އިނުން ދޫކޮށްލާށެވެ. ހަށިގަނޑަށް ކޮންމެ އެއްގަޑި އިރަކުން ފަސް ވަރަކަށް މިނެޓްގެ ކަސްރަތު ދޭށެވެ. ގިނައިރު އިށީނދެ އިނުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ހަރަކާތް ހުއްޓި، މެޓަބޮލިޒަމް ރޭޓް ދަށްވެ، އިތުރު އެހެން ބަލިތަށް ޖެހުމުގެ މަގުފަހިވެ އެވެ.

ހަށިގަނޑަށް ތެދަށް ބެހެއްޓުން

ހިނގާ، އިށީނދެ އުޅޭއިރު ބުރިކަށި ތެދުކޮން ހުރުންމީ ވަރަން މުހިއްމު ކަމެކެވެ. ގިނަ ބަޔަކު ހިނގާއިރު ގުދު ނިކުމެފައި ހުންނަ ތަން ފެނެ އެވެ. އެއީ ހިނގާ، އިށީނދެ އުޅޭއިރު ހަށިގަނޑުން ބާރުދޫކޮށް ލައިގެން ގުދު ނެރެގެން އިނުމުން ދިމާވާ ސަބަބެކެވެ. މިއީ ބުރަކަށީގައި ރިހުން އިތުރުވާ ކަމެކެވެ.