ވިޓަމިން އީ ބޭނުން ވަނީ ކީއްވެ ހެއްޔެވެ؟ ވިޓަމިން އީ ހަމައެކަނި އެހީވެދެނީ ހަންގަނޑު ރީތިކޮށްދޭކަށް ނޫނެވެ. ކޮލެސްޓްރޯލް ދަށް ކުރުމަށާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށްވެސް ވިޓަމިން އީ މުހިއްމު ރޯލެއް އަދާކުރެ އެވެ.

ހަމައެއާއެކު ހަޖަމު ކުރުމުގެ ނިޒާމާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައ ވެސް ވިޓަމިން އީގެ ދައުރު ބޮޑެވެ. ވިޓަމިން އީ ލިބިދޭ ކާނާތަކުގެ ތެރޭގައި

އަލްމަންޑް

ކޮންމެ ދުވަހަކު ¼ ޖޯޑު އަލްމަންޑް ކެއުމުން ހަށިގަނޑަށް ބޭނުން ވާވަރަށް ވިޓަމިން އީ ލިބުނީ އެވެ. އެެހެން ކަމުން އަނގަ މަޖަލަކަށް ކާން އަލްމަންޑްސް ޚިޔާރު ކުރާށެވެ.

ސްޕިނިޗް

މިއީ ކެއްކުމުގައި ބޭނުން ކުރާ އާންމު ބާވަަތަކަށް ވާއިރު މިއީވެސް ވިޓަމިން އީ ހިމެނޭ ބާވަތެކެވެ. އެގޮތުން ސްޕިނިޗްގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީގެ 25 ޕަސެންޓް ހިމެނެ އެެވެ.

ބެލް ޕެޕާ

ބެލް ޕެޕާގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 10 ޕަސެންޓް ހިމެނެ އެެވެ. މީގެ އިތުރުން ބެލް ޕެޕާގައި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ހިމެނެ އެެވެ. މިއީ އުމުރުން ދުވަސް ވުމުން ހަންގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މުހިއްމު މާއްދާ އެކެވެ.

އެވޮކާޑޯ

ވިޓަމިން އީ ގެ އިތުރުން އެވޮކާޑޯގައި ފައިބާ، ޕޮޓޭސިއަމް ވިޓަމިން ބީ6، ވިޓަމިން ސީ އަދި ކޭ ހިމެނެ އެވެ. އެވޮކާޑޯގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 21 ޕަސެންޓް ހިމެނެ އެެވެ.