ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގެ ބައިވެރިން ބިގް ބޮސްގެ ގޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ކުރީގެ ސީޒަންތަކާ ހިލާފަށް މިފަހަރުގެ ސީޒަންގައި "ބިގްބޮސް" ވެސް އަންނަނީ ގޭމް ކުޅެމުންނެވެ.

އެހެން ކަމުން ބައިވެރިން ކުޅެމުން އަންނަ ގޭމުތައް އެހެން ބައިވެރިންނަށް މިފަހަރު ސީޒަންގައި "ބިގްބޮސް" އަންނަނީ ހާމަކޮށްދެމުންނެވެ. ޒުވާބުކުރުމާއި ގަޔަށް އަތްލާ ހިސާބަށް ވަރަށް ގިނަ ފަހަރު އެކި ބައިވެރިން ކަންތައްތައް ދުއްވާލާފައިވެ އެވެ.

މިފަހަރުގެ ޝޯގެ ބައިވެރިންގެ ތެރޭގައި ގިނައީ ޓީވީ އެކްޓަރުންނެވެ. މީގެ ތެރެއިން ވެސް ޓިނާ ދައްތާ، ޝަލީން ބަނޯތު، ސުންބުލް ތައުގީރު، ޝަލީން ބަނޯތު، ޕްރިޔަންކާ ޗޯދަރީ، ނިމްރިތު ކައުރު އަހުލުވާލިއާ، އަންގިތު ކުޕްތާ އަދި "ސާތު ނިބާނާ ސާތިޔާ 2"އިން މަޝްހޫރުކަން ހޯދި ގޯތަމް ވިޖް ހިމެނެ އެވެ. އަދި މީގެ އިތުރުން ސާޖިދު ޚާން، އެމްސީ ސްޓޭން، އަރްޗަނާ ގޯތަމް، ޝިވް ތަކަރޭ އަދި އަބްދުއް ރޮޒިކް އެވެ.

މިފަހަރުގެ ސީޒަންގައި އެންމެ ފުރަތަމަ ޝޯއިން ވަކިވެގެން ގޮސްފައިވަނީ ސްރީޖީތާ ޑޭ އެވެ. އެކަމާ ހިތްދަތިވެފައި ތިބި އޭނާގެ ފޭނުންނަށް އަނެއްކާ ވެސް އުފާވެރިކަމުގެ ހަބަރެއް މިހާރު ވަނީ ލިބިފަ އެވެ. ވައިލްޑް ކާޑު ބޭނުންކޮށް އޭނާ މި ޝޯއަށް އަލުން ގެންނަން ސްރީޖީތާ ވަނީ ޔަގީން ކޮށްދީފަ އެވެ.

ސްރީޖީތާ އެކު ދެން ވައިލްޑް ކާޑުގެ ޒަރިއްޔާއިން މިހަފްތާގައި ޝޯއާއި ގުޅިގެންދާނީ ޓީވީ އެކްޓަރު ވިކާސް މަނަކްޓަލާ އެވެ. މިދެބައިވެރިން "ބިގްބޮސް"ގެއަށް ވައިލްޑް ކާޑު ގޮތުގައި ޝޯއާއި ގުޅިގެންދާނެކަން ކަލާޒް ޓީވީއިން ވެސް ވަނީ ޔަގީނަން ދީފަ އެވެ. އަދި އޭގެ ޕްރޮމޯ ވެސް މިހާރު އަންނަނީ ދައްކަމުންނެވެ.

ވައިލްޑް ކާޑާއެކު "ބިގްބޮސް" ގޭ ތެރޭގެ މާހައުލު އިތުރަށް ހޫނު ވެގެންދާނެ ކަމަށް ބެލެވެ އެވެ. އެއީ ސްރިޖީތާ އާއީ ޓީނާ އަކީ އެކުވެރިންނަށް ވާއިރު އެ ދެމީހުން ދޭތެރޭގައި މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.

މި ސީޒަންގެ ފުރަތަމަ ދުވަސްތަކުގައި ވެސް ދެ ބައިވެރިންގެ މެދުގައި ވަނީ ހޫނު ޒުވާބެއް ހިނގާފަ އެވެ.