އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަން، އޭޕީޑީޔޫގެ ޗެއާމަނަކަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންފި އެވެ. ރައީސް ނަޝީދު އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އެ ޔޫނިއަންގެ މެންބަރުންގެ ތާއީދާއެކު އެވެ.
އެ ޖަމްއިއްޔާގެ ޗެއާމަންކަމަށް ރައީސް ނަޝީދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެމްޑީޕީންވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.
އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަން (އޭޕީޑީޔޫ)އަކީ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ ގޮތްޕެކެވެ. އެއީ ސަރަހައްދީ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ މި ޖަމްއިއްޔާގެ ކުރީގެ ޗެއާމަނަކީ ރަނިލް ވިކްރަމަސިންހަ އެވެ.
މި ޖަމްއިއްޔާގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 14 ޕާޓީއެއް ބައިވެރިވެފައިވެ އެވެ. އެ ޖަމްއިއްޔާގެ އަމާޒަކީ މިނިވަންކަން ކުރިއެރުވުމާއި މެންބަރު ޕާޓީތަކުގެ ޝައުޤުވެރިކަން ހުންނަ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން މިނިވަން ވިޔަފާރިއަށް ހިތްވަދު ދިނުމެވެ.
ކޮންމެ ދުވަހަކު ހަދާނެ އާ ގާނޫނެއް ނުހުންނާނެ: ސަލީމް
ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަންނަން އަންގައިފި
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް އައްޔަނުކޮށްފި