އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް އިއުލާން ކުރައްވައިިފި އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ. "ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓް އަޅުގަނޑަށް ދެއްވުން ވަރަށް އެދެން." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުރިން އިއުލާން ކުރައްވާފަ އެވެ.
އެމްޑީޕީން މިއަދު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން 500 މެންބަރުންގެ ސޮޔާއި އެކު ފޯމް ހުށަހަޅަން އެމްޑީޕީގެ އިއުލާނުގައި އެދިފައި ވެއެވެ.
ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީގެ ޕްރަިއމަރީގައި ވާދަކުރައްވާއިރު، ދެބޭފުޅުންގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ތާއީދު ކުރައްވަނީ ރައީސް ސޯލިހަށެވެ.
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް