މަރުވާ މީހުންނާއި ދިވެހިންގެ ކަށުނަމާދު ގަޑިތައް އަންގައިދިނުމަށް ހަދާފައިވާ ކަށުނަމާދު ފޭސްބުކް ޕޭޖާއި ވައިބާ ގުރޫޕު ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކައުންސިލުން ދޮގުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓްގައި ބުނެފައި ވަނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން މި ވާހަކަތައް ދޮގުކޮށްފައިވާއިރު، އަމިއްލަ މީހަކަށް އެގޮތަށް ޕޭޖެއް ނުހިންގޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މިއަދު ބުނެފައިވާ ކަމަށާއި އެ ޕޭޖު ހުއްޓާލުމަށް އަންގާފައިވާ ކަމަށް އެ ޕޭޖު ހިންގާ ފަރާތުން މައުލޫމާތު ދިން ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
ކަށުނަމާދު ޕޭޖު މެދުވެރިކޮށް ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭތާ ގިނަ އަހަރުތަކެއްވީއިރު އެ ޕޭޖުގެ ފޮލޯވަރުންގެ އަދަދު 70،000 އަށް ވުރެ ގިނަ އެވެ.
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް