ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް މިއަދު ފޮނުވައިފި އެވެ.
ނިޝާމާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން އިންޑިއާއަށް މި ފޮނުވީ އޭނާ ނިޔާވިތާ 10 ދުވަސް ފަހުންނެވެ.
ނޮޅިވަރަމަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ނިޝާމާ މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.
ނިޝާމާ މަރުވި ގޮތް ދެނެގަތުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފާއިވާއިރު، އޭނާ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ފައިސަލް ފިރިމީހާ ފުލުހުންގެ ބަންދުގައި ހުއްޓާވަނީ ދަންޖެހިފަ އެވެ.
ފައިސަލް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ހައްޔަރުގައި އޭނާ ހުއްޓާ ގޮޅީގެ ތެރޭގައި ދަންޖެހެން މަސައްކަތް ކުރަނިކޮށެވެ.
އޭގެ ފަހުން އޭނާ އަށް ފަރުވާދެމުން ގޮސްފައި ވަނީ އެރަށު ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާވަނީ ނިޔާވެފަ އެވެ.
ދަފުތަރުގައި ނެތް 3 ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓް ބެހި
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަޑިއަށް