އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މަސައްކަތުގައި ޕާޓީގެ މައި ހަރުގެ ބޭނުންކުރީ ހުއްދަ ނުހޯދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދުގެ ނަން ވިދާޅު ނުވެ ފައްޔާޒު ވިދާޅުވީ ޕާޓީގެ މައި ހަރުގެ ޕްރައިމަރީގެ ބޭނުމަށް ބޭނުންކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން ބަޔަކު ޕާޓީގެ މައި ހަރުގެ ބޭނުންކުރީ ހުއްދަ ނުނަގާ ކަމަށް ވިދާޅުވި އެެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް އިއުލާން ކުރުމުން ދާދި ފަހުން އަނެއްކާވެސް އެ ޕާޓީއާއި ގުޅުނު ރީކޯ މޫސަ ވަނީ ހަރުގެ ކުރިމަތީ ހުރެ ޓުވީޓުކުރައްވާ ހަރުގެ ޖަލްސާތައް ފަށާނެކަން ހާމަކުރައްވާފަ އެވެ. ރީކޯ މޫސަ އަކީ ރައީސް ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް ސޯލިހު ފެކްޝަނުން ހަރުގެ ޖަލްސާތައް ފެށުމުގެ ކުރިން ނަޝީދުގެ ފެކްޝަނުން ވަނީ ހަރުގެ ހުޅުވާ ހަރަކާތްތައް ހިންގަން ފަށާފަ އެވެ. އެގޮތުން 500 މީހުންގެ ތާއީދު ފޯމު ހުށަހަޅަންޖެހޭތީ އެކަމުގެ ބައެއް މަސައްކަތްތައް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށް ގެންދިޔައީ އެމްޑީޕީ ހަރުގޭގަ އެވެ.
ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މައި ހަރުގޭގައި ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ.
ކެމްޕޭން ހަރަކާތްތައް ހިންގުމަށް އޮފީހެއްގެ ގޮތުގައި ބޭނުންކުރައްވަނީ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އާއިލީ ވިޔަފާރި ހިންގާ ސޯލްޓް ކެފޭ ހުންނަ އިމާރާތެވެ. ރައީސް ސޯލިހުގެ ޖަގަހަ ޖަލްސާތައް ބާއްވަނީ ޗާންދަނީ މަގުގައި އިސްކަންދަރު ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުންނަ ތަނެއްގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފޯރިގަދަ ވެފައިވާއިރު ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ޖަލްސާގެ ވަކި ހިސާބަކުން ޖަލްސާ ބޮއިކޮޓް ކުރުމަށްފަހު އެތަނުން ނިކުމެފަ އެވެ.
ތީތޯ ތިވިދާޅުވާ ޑިމޮކްރަސީއަކީ ނަސީދު މަނިކުފާނަށް ހަމަސާބަސް މިހާރު މަނިކުފާނުގެ ނަގުބޫލް ކަމެއް މިގައުމަކުނެތް
ތީތޯ ތިވިދާޅުވާ ޑިމޮކްރަސީއަކީ