އެގާރަ އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި މިރޭ އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މޭޔަރު ހައްޔަރުކުރާ ވީޑިއޯ ވެސް ޕީޕީއެމުން ވަނީ އާންމުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާގެ ތެރެއިން މޭޔަރު މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޔާމީން ޖަލަށްލާގައިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.

ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ތަރައްގީ ކުރުމުގެ މުއާމާލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑިލަރުން ވެސް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.