އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންއަށް ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްވައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަނިންމޭޓަކަށް ހަދަން ބޭނުންވަނީ މުޅި ރާއްޖެ ތަމުސީލުކުރެވޭނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫގެ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ އުމުރުން ވެސް މިހާރު ކުޑަކޮށް އެބަ ދޮށީވޭ. އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ރަނިން މޭޓަކަށް ހަމަޖައްސަވާ ބޭފުޅެއްގެ ނަން އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. 2013 ވަނަ އަހަރުވެސް ރައީސް ނަޝީދުގެ ރަނިންގމޭޓަކަށް ހަމަޖެއްސެވީ އައްޑު ބޭފުޅެއް ކަމަށްވާ މުސްތަފާ ލުތްފީ އެވެ. އަދި 2018 ވަނަ އަހަރު ވެސް ރަނިން މޭޓަކަށް އައްޑޫ ބޭފުޅެއް ހަމަޖައްސަވާނެ ކަމަށް ރައީސް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ. އެގޮތުން އެފަހަރު ރަނިންގ މޭޓަކަށް އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަވާނެ ކަމަށް ވިދާވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ފިޔޯރީ ވޯޓު ފޮށި ހަލާކުކޮށްލައިފި
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!