ވޮޝިންޓަން (14 ޖެނުއަރީ) ފައިޒާ ވެކްސިންގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ސޭފްޓީ މޮނީޓަރިން ސިސްޓަމްއަކުން ކުރެވުނު މި ތަހުލީލުތަކުން ދައްކާ ގޮތުގައި ބައޯންޓެކްގެ ފައިޒާ ވެކްސިން ޖަހާ 65 އަހަރުން މަތީގެ މީހުންނަށް 21 ދުވަހުގެ ތެރޭގައި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން އިތުރުވެ އެވެ.
ސިކުނޑިއަށް ޖެހޭ އިސްކީމިކް ސްޓްރޯކް ނަަމަކަށް ކިޔާ މި ސްޓްރޯކްގެ ވައްތަރަކީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތައް ބެދުމުގެ ސަބަބުން ޖެހޭ ސްޓްރޯކެކެވެ.
މި ހޯދުންތަކާ ގުޅިގެން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ބުނީ މިފަދަ މައުލޫމާތެއް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން އެނގިފައިނުވާ ކަމަށާއި އެހެން ކަމުން މިކަމުގެ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން ފައިޒާއާއި ބައޯންޓެކްއިން ބުނީ އެ ކުންފުނީގެ ވެކްސިންގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ސްޓްރޯކް ޖެހެން މެދުވެރިވާ ކަމަށް ބުނާ މައުލޫމާތު ލިބިފައިވާ ކަމަށާއި އިތުރު ތަހުލީލުތަކަށް އެ ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
މޮޑެނާ ވެކްސިންއިން މިފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އެހެން ކަމުން ހަ މަހުން މަތީގެ ކުދިންނަށާއި މީހުންނަށް އެ ވެކްސިން ދިނުން ރައްކާތެރި ކަމަށް އެފްޑީއައިއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ
އަދިވެސް ސޭްފް އެންޑް އިފެކްޓިވޭ ކިޔާފަ ތިޔަ އެއްޗެްއް ޖެހުން ހުއްޓައެއްނުލާ. ތިއިން އެކައްޗަކީވެސް ރައްކާތެރި އެއްޗެއް ނޫންކަން މިދަނީ ފަޅާއަރަމުން
ތަހުލީލުތައް ނުނިމެނީސް ނުޖެހުމަށް އާދޭސް ކުރި މީހުންގެ އަޑު އެހި މީހުން މަދު. އަނިޔާ ދީނީ ނޭނގިގެން ނެއް ނޫން.