ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ ހައިކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ޖޭއެސްސީއިން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއިއެކު ޖުމުލަ 54،300 ރުފިޔާ މަހު މުސާރައިގެ ގޮތުގައި ލިބޭނެ އެވެ.

ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.