ބަނޑު ފުއްޕާފައި ހުންނާތީ ޖިންސުގެ ގޮށެއް ނޭޅުވެ އެވެ. އެޅުވިއްޖެ ނަމަ ރަނގަޅަށް ނޭވާއެއް ނުލެވެ އެވެ. މިއީ ބަނޑުގައި ސަރުބީ ގިނަވުމުގެ ސަބަބުން ކުރިމަތިވާ ހާލަތްތަކެވެ. މިއީ ތިބާގެ ވެސް ހާލު ކަމުގައި ވާނަމަ ތިރީގައިވާ ބުއިންތަކުގެ އަޖުމަ ބަލާލާށެވެ.

އިނގުރު އަދި ލުނބޯ ހުތް ފަނި

އެއް އިންޗި އިނގުރުކޮޅެއް ޗިސް ކޮށްލުމަށްފަހު ފިނި ފެންތަށްޓަކަށް އަޅާ ގިރާލާށެވެ. އަދި އޭގެ ތެރެއަށް 1 ސައިސަމުސާ ލުނބޯހުތް އަޅާ 1/2 ސައިސަމުސާ ދިރި ޕައުޑަރު ކޮޅެއް އަޅާ ގިރާލާށެވެ. އިނގުރު ލުނބޯ ފަނިތަށި ތައްޔާރުވީ އެވެ.

މިންޓް ގްރީން ޓީ

ތަވަޔަކަށް އެއް ޖޯޑު ފެން އަޅާފައި ކައްކާލާށެވެ. އަދި އޭގެ ތެރެއަށް 5-7 މިންޓް ލީފް އަޅާފައި އިތުރު ފަސް މިނެޓު ވަންދެން ކައްކާލާށެވެ. ދެން ފެން އެއްޗަށް ގްރީން ޓީ ކޮޅެއް އެޅުމަށްފަހު ކުޑަކޮށް ކައްކާލާ، ފުރާނާލުމުން ސައިތަށި ތައްޔާރުވީ އެވެ.

ޓޮމާޓޯ އަދި ލުނބޯ ހުތް ޖޫސް

އެއް ޖޯޑު ޓޮމާޓޯ މިކްސްޗަރުން ގިރާލުމަށްފަހު އޭގެ ތެރެއަށް އެއް ސައިސަމުސާ ލުނބޯ ހުތްކޮޅަކާއި ކުޑަ ލޮނުކޮޅެެއް އަޅާ ގިރާލާށެވެ. ޓޮމާޓޯ ޖޫސް ތައްޔާރުވީ އެވެ.