ލޭ މައްޗަށް ދިއުމަކީ ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށްވެސް ނުރައްކާ ކުރުވާ ނުރައްކާތެރި ބައްޔެކެވެ. މިއީ ގެވެށި ފަރުވާތަކާއި އަމިއްލައަށް ކުރެވޭ ބައެއް ކަންކަމުން ވެސް ރަނގަޅުކުރެވޭ ކަމެކެވެ.

ކޮންމެ ދުވަހަކުވެސް ހިނގާލުން

ލޭގެ ޕްރެޝަރު ދަށްކުރުމަށް ކޮންމެ ދުވަހަކު ހެނދުނު 15 މިނެޓު ހިނގަން ދިޔުމަކީ ގިނަ ޑޮކްޓަރުން ލަފާދޭ ކަމެކެވެ. މިގޮތަށް ހިނގާ އިރު ހިނގަންވާނީ އާންމު ހިނގުންތަކަށް ވުރެ ބާރަށެވެ. އެއަށް ކިޔާނީ "ބްރިސް ވޯކިންގް" އެވެ. ތަހުލީލަކުން ދައްކާގޮތުގައި "ހައިޕާޓެންޝަން" ހުރެ އެއްވެސް ވަރަކަށް ކަސްރަތު ނުކުރާ މީހަކު، ހަފްތާއަކު 30 މިނެޓަށް ކަސްރަތުކުރުމުން އެ މީހެއްގެ ލޭގެ ޕްރެޝަރު ފާހަގަކުރެވޭ ވަރަކަށް ދަށްވެ އެވެ.

ސައި ބުއިން

އޮސްޓްރޭލިއާގައި ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު ދެޖޯޑު ސައި ބުއިމުން ލޭގެ ޕްރެޝަރު ބެލުމުގައި ބަލާ "ސިސްޓޯލިކް" ޕްރެޝަރުު ދެ ޕޮއިންޓަށް ދަށްވެ އެވެ. އެއާ އެކު "ޑައިސްޓޯލިކް" ޕްރެޝަރު އެއް ޕޮއިންޓަށް ދަށްވާ ކަމަށެވެ. ވީމާ ހެނދުނު ކޮފީ ބުއިމުގެ ބަދަލުގައި ސައިތައްޓެއް ބޯލަން އާދަކުރުމަކީ ފައިދާހުރި ކަމެކެވެ.

ގިނައިން ޕޮޓޭސިއަމް ބޭނުންކުރުން

އެހެން ހުރިހާ މޭވާއަކާއި ތަރުކާރީއަކަށް ވުރެ ގިނައިން އެވޮކާޑޯގައި ލޭގެ ޕްރެޝަރު ދަށްކުރުމުގައި އެހީވާ މާއްދާއެއް ކަމަށްވާ "ޕޮޓޭސިއަމް" އެކުލެވިފައިވެ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެ މީހަކަށް ވެސް ދުވާލަކ500 މިލިގުރާމް ޕޮޓޭސިއަމް ބޭނުންވާނެ އެވެ.