އިސްތަށިގަނޑުގައި ނުރަ ޖެހުމަކީ ހުރިހާ އުމުރެއްގެ މީހުން ވެސް ނުހަނު ކަންބޮޑުވާ ކަމެކެވެ. އެފަދަ މީހުން އިސްތަށިގަނޑު ކަޅު ކުރާ ޝޭމްޕޫ ވެސް ބޭނުން ކުރެ އެވެ. އެހެން ނަމަވެސް ޝޭމްޕޫގެ ބަދަލުގައި އެކަމަށްޓަކައި ބޭނުން ކުރެވިދާނެ އެހެން ބައެއް އެއްޗިހި އެބަހުއްޓެވެ. އެގޮތުން ބޭނުން ކުރެވޭ އެކައްޗަކީ އަލުވި އެވެ.

އަލުވީގައި އެކުލެވޭ މާއްދާއެއް ކަމަށްވާ "ކެތެކޮލް އޮކްސައިޑް" ގެ ސަބަބުން އިސްތަށިގަނޑު ކަޅުކޮށްދެ އެވެ. އަދި އިސްތަށިގަނޑު ކަޅު ކޮށްދިނުމުގެ އިތުރުން ހަންގަނޑުގެ ކުލަ ވެސް އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އަލުވި ތޮށި ބޮޑު އެހީއެއްވެދެ އެވެ.

އަލުވިން އިސްތަށިގަނޑު ކަޅު ކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ވަރަށް އަލުވި 20 މިނެޓު ވަންދެން ފެނުކައްކާލާށެވެ. އެއަށް ފަހު ފެނު ކެއްކުނު އަލުވި ތަކުގެ ތޮށިތައް ވަކިކޮށްލާށެވެ.

އެ ތޮށިތައް ރަނގަޅަށް ފުނޑާލުމަށްފަހު އޭގެ ދިޔަތައް ފުރާނާލާށެވެ. ތޮށި ފުނޑާލާއިރުގައި ފެނު ކެއްކި އަލުވިތައް ވެސް ލައިގެން ފުނޑާލާށެވެ. އެއަށްފަހު އެ ފުނޑާލެވިފައިވާ އަލުވިތައް އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ.

15 މިނެޓުވަންދެން ބޮލުގެ އިސްތަށިގަނޑުގައި އެ އަލުވިތައް ބެހެއްޓުމަށްފަހު އާދައިގެ ފެން ފޮދަކުން އިސްތަށިގަނޑު ދޮވެލާށެވެ. އެއަށްފަހު ޝޭމްޕޫ އަދި ކޮންޑިޝްނާ ލައިގެން ރަނގަޅަށް ބޯ ދޮވެލާށެވެ. އިސްތަށިގަނޑުން ވަސް ވެސް ފިލާނެއެވެ.

މިގޮތަށް ހަފްތާއަކު ދެތިން ފަހަރު ކަންތައް ކުރާނަމަ އިސާހިތަކު ބޮލުގައި ހުރި ނުރަތައް ގެއްލިދާނެ އެވެ. އެހެންކަމުން ކެމިކަލްތައް އެކުލެވޭ އެކި ކަހަލަ ޝޭމްޕޫތައް ބޭނުންކުރުމުގެ ކުރިން މި ގޮތުގެ އަޖުމަ ބަލާލުމަކީ ރަނގަޅު ގޮތެކެވެ.