ކަރާޗީ (30 ޖެނުއަރީ) ޕާކިސްތާނުގެ ހުޅަނގު ދެކުނު އަވަށެއް ކަމަށްވާ ޕެޝާވަރުގެ މިސްކިތެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ.

ޖަމާއަތުގައި ނަމާދު ކުރަމުން ދިޔަ ވަގުތު ގޮވި މި ގޮވުމުގައި މިހާތަނަށް 70 މީހަކަށް އަނިޔާވެގެން ރިޕޯޓު ކޮށްފައިވާއިރު ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އިތުރު މީހުން ތާށިވެފައިވާނެ ކަމަށް ބެލެވެ އެވެ.

އަނިޔާވި މީހުން ގެންދެވުނު ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވި އެ ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހުން ވެސް ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖާނުން ފިދާވުމުގެ މި ހަމަލާގެ ފަހަތުގައި ޕާކިސްތާނުގެ ތާލިބާން ޖަމާއަތުގެ އަތެއްވެ އެވެ. އެހެން ނަމަވެސް ފުލުހުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ޕެޝާވަރުގެ މިސްކިތެއްގައި ގޮވުމެއް ގޮވާފައި މިވަނީ ޔޫރަޕްގެ އެކި ގައުމުތަކުގައި ގުރުއާނަށް އިހާނެތިކޮށް ހިތުމުގެ ސަބަބުން ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމަށް ހުޅަނގުން އިންޒާރު ދެމުން އައި ދަނޑިވަޅެއްގަ އެވެ.

އެހެން ނަމަވެސް ޕާކސްތާނުގައި ގޮވި ގޮވުމަކީ އެކަމާ ގުޅުންހުރި ގޮވުމެއް ކަމަށް ބުނެވޭފަދަ ހެއްކެއް އަދި ލިބިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ