ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި ޝާހުރުކް ޚާން ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި ޝާހު ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ޝާހުއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

އެގޮތުން ޝާހުއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯ ވެސް ގިނަ ބަޔަކު އޭނާއާ ސުވާލުކޮށްފައިވެ އެވެ.

އެ ސުވާލަށް ޝާޙު ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ "ޑިޕްޓީކް ޓަމް ޑާއޯ" ނަމަކަށް ކިޔާ ސެންޓާއި "ޑަންހިލް"، ދެ ސެންޓު އެއްކޮށްގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝާހުއަށް މި ސެންޓުތައް ކަމުދާވާހަކަ އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. ފިރިހެނުންނަށް ހާއްސަ ޑިޕްޓީކް ޓަމް ޑާއޯ ސެންޓު 170 ޑޮލަރަށް ލިބެން ހުރެ އެވެ. އަދި ޑަންހިލްގެ ސެންޓުތައް 36 ޑޮލަރާއި، 130 ޑޮލަރާއި މެދުގައި ލިބެން ހުރެ އެވެ.

ޝާހު އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓަރެއްގެ ގޮތުގައި އަދިވެސް ޝާހު ވާކަން ފާހަގަކޮށްލެވެ އެވެ.