އަބަދު ވެސް އަޑު އިވެނީ ހެނދުނުގެ ނާސްތާ ވަރަށް މުހިއްމު ވާހަކަ އެވެ. ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ފެށުން ރަނގަޅުކޮށްދީ، މީހާގެ ހަށިގަަނޑު ހަކަތަ އިތުރުކޮށްދީ ހީވާގީކަމާ އެކު ދުވަހުގެ މަސައްކަތްތަކާ ކުރިމަތިލާން އެހީވެދޭ ކެއުމެކެވެ.

ނުހިކިގެން ކަންބޮޑުވާ މީހުންނަށް ވެސް މިއޮތީ އެ ވާހަކަ އެވެ. ހެނދުނުގެ ނާސްތާ ނުނަގާނަމަ ބަރުދަން ލުއިކުރަން ހުރަސްއަޅަ އެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބަރުދަން ލުއިކުރަން ބޭނުން ނަމަ ހެނދުނުގެ ނާސްތާ ކޮންމެހެން ވެސް ކުރަން ޖެހެ އެވެ.

މީގެ ސަބަބުން ހަށިގަނޑަށް އެތެރެ ކުރެވޭ ކެލޮރީގެ މިންވަރު ދަށްކުރެވޭ ކަމަށް ދިރާސާގައި ބުންޏެވެ.

މި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަފްބޮރޯ އާއި ބެޑްފޯޑްޝަޔާއިންނެވެ.

ދިރާސާ ހެދުމުގައި ހަރަކާތްތެރިވި ޑރ. ކެއިތު ޓޮލްފްރޭ ވިދާޅުވަނީ "ހެނދުނުގެ ނާސްތާއަކީ ދުވަހުގެ މައި ހަކަތަ" ކަމަށް ބުނާ ވާހަކައަކީ ތެދެއް ކަމަށެވެ. އަދި ހެނދުނު ނާސްތާ ކުރުމަކީ ހަށިގަނޑުން ސަރުބީ ވިރުވައިދިނުން އަވަސް ކޮށްދޭ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ކަމުން ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ ހިކެން ކުރާ މަސައްކަތަށް އެޅޭ ކަމެއްކަން މިވަނީ އެނގިފަ އެވެ.